logo

އެއާޕޯޓް ތެރޭ އުޅުނު "ޑެޑްޕޫލް"އަކީ ކާކުތޯ ފުލުހުން ބަލައިފި

profile

ޒިދާން މުޙައްމަދު - 08 އޯގަސްޓު 2024 - 15:11

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައ މާވެލް ކެރެކްޓާ "ޑެޑްޕޫލް" ގެ ކޮސްޓިއުމެއް ލައިގެން އުޅުނު މީހާ ހިފަހައްޓައި ސުވާލުކުރުމަށްފު ފުލުހުން ދޫކޮށްލައިފިއެވެ.

އެއާޕޯޓުގައި "ޑެޑްޕޫލް" ކޮސްޓިއުމް ލައިގެން މީހަކު އުޅުނީ ރޭގައެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، "ޑެޑްޕޫލް" ކޮސްޓިއުމް ލައިގެން އުޅުނީ މީހެއްގެ އެރައިވަލް ގަޑިއަށް އެއާޕޯޓަށް ދިޔަ މީހެއް ކަމަށެވެ. އޭނާ ހިފަހައްޓައި ސުވާލުކުރި ނަމަވެސް ހައްޔަރުނުކުރާ ކަމަށް ވިދާޅުވިއެވެ.

ފުލުހުން އޭނާއާ ސުވާލުކުރީ ކާކުކަން އޮޅުން ފިލުވުމަށެވެ.

ޑެޑްޕޫލް ކޮސްޓިއުމެއް ލައިގެން ދުނިޔޭގެ އެންމެ މަގުބޫލް މަންޒިލްގެ މައި އެއާޕޯޓުގައި މީހަކު އުޅުނުއިރު "ޑެޑްޕޫލް އެންޑް ވޮލްވަރިން" ނިކުތްތާ ދުވަސްކޮޅެއްވެއްޖެއެވެ. ޖުލައި 25، ގައި ޕްރިމިއާ ކުރި މާވެލްގެ މި ފިލްމު މިހާރު އަންނަނީ ސިނަމާ ސްކްރީންތަކުން ދައްކަމުންނެވެ.

ރާއްޖޭގައިވެސް މާވެލްގެ ފިލްމުތަކަށް ބޮޑު ތަރުހީބެއް އޮވެއެވެ. ދިވެހި ސިނަމާތަކުގައިވެސް އެ ފަދަ ފިލްމުތައް އަޅުފައެވެ.

tel:+9607331319