logo

މިހާރު ޕަރިނީތީ ޗޯޕްރާ ސިންގަލް އެއް ނޫން!!

profile

އައިޝަތު ޝާނީ - 13 މޭ 2023 - 23:34

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕަރިނީތީ ޗޯޕްރާ އާއި އިންޑިއާގެ މަޝްހޫރު ސިޔާސީ ފަރާތެއް ކަމަށްވާ ރާގަވް ޗައްޑާ އެންގޭޖްވެއްޖެއެވެ.

ވަރަށް ކުލަގަދަކޮށް އިންޑިއާ ގެ ނިއު ދިއްލީގެ ކަޕޫރުތާލާ ހައުސްގައި މިރޭ ބޭއްވި ހަފުލާގައި އެންގޭޖްވެފައިވެއެވެ. އަދި ދެ މީހުން އެކީގައި ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ޝެއާރކޮށް ޕަރިނީތީ ވަނީ އެދެމީހުންގެ ގުޅުން އޮފިޝަލްކޮށްފައެވެ. އަދި އެގޭ ބޭރުގައި ތިބި ޕަޕަރާޒީ ފޮޓޯގްރާފަރުންނާއިވެސް ބޭރަށް ނިކުމެ ބައްދަލުކޮށްފައިވެއެވެ. ފާހަގަކޮށްލެވޭގޮތެއްގައި ރާގަވްއާ ރައްޓެހިވެގެން އުޅޭ ކަމަށް ޕަރިނީތީ މިއަދާ ހަމައަށްވެސް ކަށަވަރުކޮށް ދީފައެއް ނުވެއެވެ.

ޕަރިނީތީގެ ހެދުން ޑިޒައިންކޮށްފައިވަނީ މަޝްހޫރު ފެޝަން ޑިޒައިނާ މަނީޝް މަލްހޯތްރާއެވެ. އަދި ރާގަވްގެ ހެދުން ޑިޒައިންކޮށްފައިވަނީ ޕަވަން ސަޗްދޭވްކަމަށް އިންޑިއާގެ ރިޕޯޓްތައްބުނެއެވެ.

ދެބެންގެ ދެދަރި ދައްތަ ޕްރިޔަންކާ ޗޯޕްރާ ޖޯނަސްވެސް ވަނީ ޕަރިނީތީގެ އެންގޭޖްމަންޓް ހަފްލާގައި ބައިވެރިވުމަށް އިންޑިއާ އައިސްފައެވެ. ނަމަވެސް ނިކް ޖޯނަސް އާއި ދަރިފުޅު މާލްތީ އިންޑިއާ އައިސްފައިނުވާކަމަށްވެއެވެ.

34 އަހަރުގެ ޕަރިނީތީ އާއި ރާގަވް، އަކީ ވަރަށް ކުރިއްސުރެ ވެސް ވަރަށް ގާތް ދެ އެކުވެރިންގެ އިތުރުން އެއީ ލަންޑަންގެ ސްކޫލް އޮފް އިކޮނޮމިކްސްގައި އެކީ ކިޔެވި ދެމީހުންކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މީގެ ކުރިން ޕަރިނީތީ ވަނީ ސިޔާސީ މީހަކާ ކައިވެނި ނުކުރާނެކަމަށް ބުނެފައެވެ. އަދި މިހާރު އެ ވީޑިއޯ މީސްމީޑިއާގައި ވަނީ ވައިރަލް ވެފައެވެ. މީގެ އިތުރުން ދާދި އަވަސް މުއްދަތެއްގައި އެ ދެމީހުންގެ ކައިވެނީގެ ހަފްލާވެސް ބާއްވާނެކަމަށް މައުލޫމާތު ލިބެއެވެ.

ޕަރިނީތީ ޗޯޕްރާ އަކީވެސް ބޮޑު ފޭން ބޭސްއެއް އޮންނަ މަޝްހޫރު ބަތަލާއެކެވެ.


tel:+9607331319