
އައްޑޫ ސިޓީން ޒުވާން އަންހެނަކު ގެއްލިގެން ހޯދަނީ

ޝަހްޒާ މުޙައްމަދު - 08 ޖެނުއަރީ 2026 - 17:03
އައްޑޫ ސިޓީ ފޭދޫއިން ޒުވާން އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ފަށައިފިއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ސ.ފޭދޫ ހަމްދަރުދީ ޢުމުރުން 19 އަހަރުގެ ހައްވާ ރާއިދާ މުނީރުކަމަށެވެ. އޭނާ ހޯދަމުންދަނީ ބުރާސްފަތި ދުވަހުގެ މެންދުރު އޭނާ ދިޔަތަނެއް ނޭނގިގެން ބުރާސްފަތި ދުވަހުގެ 14:52ގައި ފުލުހުންނަށް ރިޕޯޓުކުރުމާއި ގުޅިގެންކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ހޯދުމަށް ކަމާބެހޭ ހުރިހާ ބަހާތަކަށް އެމައުލޫމާތު ހިއްސާކޮށް އޭނާ ހޯދަމުންދާކަމަށާއި މިހާތަނަށް އޭނާއާބެހޭ އެއްވެސް މައުލޫމާތެއް ދެނެގަނެވިފައިނުވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންވަނީ ގެއްލިގެން ހޯދަމުންދާ ހައްވާ ރާއިދާ މުނީރާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަންގެ ނަމްބަރު 97920058 އަށް ގުޅާ އެމަޢުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ރީ - އެމްޕްލޯއިމަންޓު ބިލް: އިސްރަށްވެހިންގެ ނަފްސަނީ ދުޅަހެޔޮކަމަށް އެޅުނު މުހިންމު ފިޔަވަޅެއް
ގަޑިއިރެއް ކުރިން

އަނެއްކާ ވެސް ފަސް ތަނެއް ފާސްކޮށް 8 ބިދޭސީއަކު އަތުލައިގެންފި
ގަޑިއިރެއް ކުރިން

ޖީޕީ ކްލިނިކެއް ހެންވޭރުގައި އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފި
ގަޑިއިރެއް ކުރިން

ބަންގިގޮވުމުގެ މުބާރާތް " ނޫރުލް އަޛާން" ގައި ބައިވެރިވުމަށް ހުޅުވާލައިފި
ގަޑިއިރެއް ކުރިން


