logo

ޖަޕާނުން ފުލުހުންނަށް އުޅަނދުތަކެއް ހަދިޔާކޮށްފި

profile

ޝަހްޒާ މުޙައްމަދު - 28 ނޮވެމްބަރު 2025 - 14:40

ޖަޕާނުން ދިވެހި ފުލުހުންނަށް، ކަނޑު އުޅަނދުތަކެއް ހަދިޔާކޮށްފިއެވެ.

https://wamco.com.mv/

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާން ސަރުކާރުން ވަނީ ފަސް ލޯންޗާއި ތިން ރިޖިޑް ހަލްޑް އިންފްލޭޓަބަލް ބޯޓު (އާރުއެޗްއައިބީ) ހަވާލުކޮށްފަ އެވެ.

އެތަކެތި ފުލުހުންނާ ހަވާލުކޮށްދެއްވީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޖަޕާނުގެ ސަފީރު އިޝިގާމީ ރޫމިކޯ އެވެ.

ޖަޕާން އެމްބަސީން ބުނީ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ ޕްރޮގްރާމުގެ ދަށުން ދިން އެ ހިލޭ އެހީގެ މަގުސަދަކީ، ރާއްޖޭގައި މަސައްކަތް ކުރުމުގެ ގާބިލުކަން އިތުރުކުރުމާއި، ކަނޑުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުން ކަމަށެވެ.

ފުލުހުންނަށް ހަދިޔާކުރި އުޅަނދުތަކަކީ 2022ގެ މެއި މަހު ސޮއިކުރި އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއްގެ ބައެކެވެ. އެ މަޝްރޫއުގެ ދަށުން ރާއްޖޭގެ އިގުތިސޯދީ އަދި އިޖުތިމާއީ ތަރައްގީ އިތުރަށް ކުރިއެރުވުމަށް 650 މިލިއަން ޖަޕާނީސް ޔެން (ގާތްގަނޑަކަށް 5.1 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 78.6 މިލިއަން ދިވެހި ރުފިޔާ) ހިލޭ އެހީ ފޯރުކޮށް ދޭން އޮތީ ނިންމައިފަ އެވެ.

ޖަޕާން އެމްބަސީން ބުނީ ހަދިޔާކުރާ އުޅަނދުތަކުގެ ސަބަބުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާ ކަނޑުގެ އެކްސިޑެންޓުތަކަށާއި އެހެނިހެން ސަލާމަތީ ކަންކަމަށް އަވަހަށް އަދި ފަސޭހައިން އެޓެންޑުވުމަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި އެ އުޅަނދުތަކުގެ ސަބަބުން، ފުލުހުންގެ ހިދުމަތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދުވަހުން ދުވަހަށް ކުރާ ފުލުހުންގެ މަސައްކަތްތައް ހަރުދަނާވެ، ހެޔޮގޮތުގައި ކުރިއަށްގެންދެވޭނެ ކަމަށް ޖަޕާނު ސަރުކާރުން ދެކެ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk