logo

މެޑިކަލް ނެގްލިގެންސް ގެ މައްސަލަތައް ބެލުމުގެ އިހްތިޔާރު ގާނޫނުން ލިބިދޭ: ގީލާ

profile

މުޙައްމަދު ފަޟްލޫން - 12 އޮކްޓޯބަރު 2026 - 08:26

މެޑިކަލް ނެގްލިގެންސް ގެ މައްސަލަތައް ބެލުމުގެ އިހްތިޔާރު ސިއްހަތާއިބެހޭ ގާނޫނުން ލިބިދޭ ކަމަށް ސިއްހަތާއި ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މެޑިކަލް ނެގްލިޖެންސް އާއި ބެހޭ ހާއްސަ ގާނޫނެއް ހެދިފައިވޭތޯ އާއި އާއި ބެހޭ ގޮތުން އަހާ ފޯރަމްގައި އާއްމު މީހަކު ކުރި ސުުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ އެކަމަށް ހާއްސަ ގާނޫނެއް ހެދިފައިނެތް ނަމަވެސް ސިއްހީ ހިދުމަތުގެ ގާނޫނުގެ ދަށުން އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ އިހްތިޔާރު ލިބިދީފައިވާކަމަށެވެ.

ކޮންމެ ރައްޔިތަކަށްވެސް އެމީހަކަށް ސިއްހީ ހިދުމަތެއްގެ ތެރެއިން އަމިއްލަ ފަރާތަކުން ވިޔަސް އަދި ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭ ހިދުމަތެއް ވިޔަސް އެހިދުމަތެއްގެ ތެރެއިން ލިބޭ ގެއްލުމެއް ނުވަތަ ވެވޭ އިހުމާލެއްގެ ސަބަބުން އެމީހަކަށް އެމައްސަލަ ބަލައިދިނުމަށް ހެލްތު މިނިސްޓްރީގައި އެދެވިދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެފަދަ ކަމެއްގައި މީހަކު އެދިފައިނުވި ނަމަވެސް މީޑިއާގެ ޒަރިއްޔާއިން ނުވަތަ އެހެން ވަސީލަތެއް މެދުވެރިކޮށް ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް އެފަދަ ކަމެއް އައިސްފިނަމަ އެމައްސަލައެއް ބެލޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ސިއްހީ ދާއިރާގައި ދެވޭ ހިދުމަތްތައް ދިނުމުގައި ވެވޭ އިހުމާލުތައް ބެލުމަށް ހާއްސަ ޑިޕާޓްމެންޓެއް ހެލްތު މިނިސްޓްރީގައި އުފައްދާފައި އޮންނަ ކަމަށެވެ.

ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމުގައި ވެވޭ އިހުމާލު ނުވަތަ މެޑިކަލް ނެގްލިޖެންސާއި ގުޅޭ މައްސަލައެއް އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ އެކަމާއި ގުޅޭ ޑިޕާޓްމެންޓުން އެ މައްސަލަ ބަލާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މައްސަލަ ބެލުމަށްފަހު ތަހުގީގް ރިޕޯޓް އެކުލަވާލުމަށްފަހު ރިޕޯޓްގައި އެމައްސަލައަކީ މެޑިކަލް ނެގްލިޖެންސްއެއް ކަމަށް ސާބިތުވާވަރަށް ހެކި ހުރެއްޖެނަމަ އެފަދަ މައްސަލަތައް ޝަރުއީ މަރުހަލާގެ ތެރެއަށް ފޮނުވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319