logo

ރަސްމާލެ މައްސަލައިގައި ސަރުކާރަށް ޖަވާބުދާރީ ވެވޭކަށްނެތް: ރައީސް ޔާމީން

profile

މުޙައްމަދު ފަޟްލޫން - 16 އޮކްޓޯބަރު 2026 - 10:29

ރަސްމާލެ މައްސަލައިގައިސަރުކާރަށް ޖަވާބުދާރީ ވެވެން ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޕީއެންއެފްގެ ޖަލްސާގައި ރައީސް ޔާމީން ވަނީ ރަސްމާލެ އީގަލް ހިލްސް އަށް ދިނުމަށް ސަރުކާރުން ނިންމާފައިވާތީ އެކަމަށް ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

މިސަރުކާރަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ގާނޫނު އަސާސީގައި ބިން މިލްކު ކުރަން ޖާގަނުދޭ ކަމަށް ބުނާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ގާނޫނު އަސާސީގައި ބޭރުގެ ބަޔަކަށް ބިން މިލްކު ނުކުރެވޭނެ ކަމަށް އޮތް ނަމަވެސް އެކަމަށް ބެލުމެއް ނެތި ދައުލަތުން އެކަން ކުރާނަމަ އެއީ ގާނޫނު އަސާސީ ބާރުކަނޑުވާލުން ކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީގައި ބޭރުގެ ބަޔަކަށް ބިން މިލްކު ނުކުރެވޭނެ ކަމަށް މިސަރުކާރަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެވާހަކަތަކަކީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސާލިހްގެ ވެރިކަމުގައި ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގެ ބިން މިލްކު ނުކުރެވޭނެ ކަމަށް ބުނެ ގާނޫނު އަސާސީގެ މާއްދާއެއްގައި ލިޔުނު ކަމަށާއި އަދިވެސް އެމާއްދާ އޮގޮތަށް ދެމި އޮތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ،

ރައީސް ޔާމީން ވަނީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބު އީގަލް ހިލްސް އަށް ރަސްމާލެ މަޝްރޫއު ދިނުމުގައި އަދިވެސް އިތުރު ގާނޫނު ތަކެއް ހަދަންޖެހޭ ކަމަށް ވިދާޅުވެފައިވާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ގާނޫނު ހަދަނީ ރަސްމާލެ މަޝްރޫއު އީގަލް ހިލްސް އަށް ދިނުމަށް ފަހުގައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެހެންކަމުން އެކަމުންވެސް އީގަލް ހިލްސް އަށް ރަސްމާލެ ދޭން ނިންމާފައިވަނީ ގާނޫނީ ހަމަތަކެއްގެ މަތިން ނޫންކަމަށް އެނގިގެންދާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއަށް އިޝާރަތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެ އުޅެނީ ކުރުމުއްދަތެއްގެ ތެރޭގައި ވައްކަން ކުރަން ކަމަށާއި ދައްކަމުންގެންދަނީ އެވާހަކަ ކަމަށެވެ،

މިހާރު މި ސަރުކާރުން މިހާރު ކުޅެމުންދަނީ ޑިފެންސަށް ކަމަށާއި ޑިފެންސަށް ކުޅުމުން ގޯލެއް ނުޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319