
އަހަރުގެ މިހާތަނަށް އެސްޑީއެފަށް 1.7 ބިލިއަން ރުފިޔާ ޖަމާކޮށްފި

މުޙައްމަދު ފަޟްލޫން - 16 އޮކްޓޯބަރު 2026 - 05:53
މި އަހަރުގެ މިހާތަނަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް 1.7 ބިލިއަން ރުފިޔާ ޖަމާކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގެ ފަރާތުން އާއްމުކުރި ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މިއީ މި ހިނގާ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް އެ ފަންޑަށް ޖަމާކުރެވިފައިވާ ޖުމްލަ އަދަދެވެ.
ފާއިތުވި އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު، މި އަދަދު ވަނީ ދަށްވެފައެވެ.
ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ދެ ބިލިއަން ރުފިޔާ އެ ފަންޑަށް ޖަމާކޮށްފައިވެއެވެ.
މިއަހަރުގެ ބަޖެޓުގައި އެސްޑީއެފް އަށް ޖަމާކުރުމަށް ކަނޑައަޅާފައިވާ އަމާޒަކީ 2.4 ބިލިއަން ރުފިޔާއެވެ.
އެސްޑީއެފް އަކީ ގައުމުގެ ތަރައްގީގެ އެކި މަޝްރޫއުތައް ހިންގުމަށް ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި، އިގުތިސާދަށް ކުރިމަތިވެދާނެ ލޮޅުންތަކުން އަރައިގަތުމަށާއި ދަރަނި އަދާކުރުމުގެ ގާބިލުކަން ކަށަވަރުކުރުމުގެ މަގުސަދުގައި 2017 ވަނަ އަހަރު އުފައްދާފައިވާ ފަންޑެކެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލެ މައްސަލައިގައިސަރުކާރަށް ޖަވާބުދާރީ ވެވޭކަށްނެތް: ރައީސް ޔާމީން
20 މިނިޓު ކުރިން

ގެދޮރުވެރިކަމުގެ ލޯނުގެ އިކުއިޓީ ހަމަޖެއްސުމަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދެނީ
5 ގަޑިއިރު ކުރިން

ޣައްދާރުވުން: އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ސިފަ
5 ގަޑިއިރު ކުރިން

ރައީސް މުއިއްޒަކީ ލާމަރުކަޒީ ނިޒާމުގެ އެންމެ ބޮޑު ދުޝްމަނު: ފައްޔާޒް
7 ގަޑިއިރު ކުރިން


