
ތިލަފުށިން ފުރައިގެން ދަތުރުކުރި ލޭންޑިން ކްރާފްޓެއް އަޑިއަށްގޮސް ދެ މީހަކު ގެއްލިއްޖެ

މުޙައްމަދު ފަޟްލޫން - 31 ޖުލައި 2026 - 11:00
ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި "ލިއޯ ޓްރޭޑިންގ" ގެ ލޭންޑިންގ ކްރާފްޓެއް ކ. ގާފަރު ކައިރިއަށް ދިޔަވެ އަޑިއަށް ދިއުމާ ގުޅިގެން، އޭގެއިން ދަތުރުކުރި ދެ މީހަކު ހޯދުމުގެ އޮޕަރޭޝަނެއް ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ފަށައިފިއެވެ.
މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 08:48 އެހައިކަންހާއިރުއެވެ. އުޅަނދު އަޑިއަށް ދިޔައިރު އޭގައި ތިބި 10 މީހުންގެ ތެރެއިން 8 މީހަކު މިހާރު ވަނީ ސަލާމަތްކުރެވިފައެވެ. ނަމަވެސް، ގެއްލިފައިވާ އަނެއް ދެ މީހުން ހޯދުމަށްޓަކައި ސަލާމަތީ ބާރުތަކުން ދަނީ ކަނޑުމަތީގައި ހާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ. ގެއްލުނު މީހުންގެ ވަނަވަރާ ގުޅޭ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މި ހާދިސާ ހިނގާފައިވަނީ ރާއްޖޭގެ މޫސުން އިންތިހާއަށް ގޯސްވެ، ކަނޑުގަދަ ދުވަސްވަރެއްގައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި، ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ގުގުރާނެއެވެ. އަދި އާންމުކޮށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވުނު ނަމަވެސް، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް

މާފުށީ ފަރަށް އެރި ސަފާރީގެ ބައިތައް ނަގައި ބަނދަރު ސާފުކުރަން ފަށައިފި
5 ގަޑިއިރު ކުރިން

ވޭތުވެދިޔަ ހަފްތާގައި ސްކޭމްގެ 33 މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފައިވޭ
5 ގަޑިއިރު ކުރިން

ހުޅުމާލެ ފޭސް 2 ގެ އެސްޓީއޯ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
5 ގަޑިއިރު ކުރިން

ގެސްޓްހައުސްތަކުގައި އެންމެ ގިނައިން ޗުއްޓީ ހޭދަކުރީ ޗައިނާ އަދި އިޓަލީ ފަތުރުވެރިން
9 ގަޑިއިރު ކުރިން


.gif&w=3840&q=75)