
645 މިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ހުޅުވާލައިފި

މުޙައްމަދު ފަޟްލޫން - 02 ސެޕްޓެމްބަރު 2026 - 10:25
ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމުގެ ބޭނުމުގައި 645 މިލިއަން ރުފިޔާގެ ޓީ ބިލް ވިއްކުމަށް މިނިސްޓްރީ އޮފް ފިނޭންސުން ހުޅުވާލައިފިއެވެ.
މި ފަހަރު ވިއްކުމަށް އިއުލާނުކޮށްފައިވާ ޓީބިލްތަކުގެ ތަފްސީލަށް ބަލާއިރު، އަންނަ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ ގޮތަށް ވިއްކާ 265 މިލިއަން ރުފިޔާގެ ޓީ ބިލަކާއި، ޑިސެމްބަރު 14 ވަނަ ދުވަހަށް މުއްދަތު ހަމަވާ 50 މިލިއަން ރުފިޔާގެ ޓީ ބިލެއް ހިމެނެއެވެ.
މީގެއިތުރުން، އަންނަ އަހަރުގެ މާރިޗު 8 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް 247 މިލިއަން ރުފިޔާގެ ޓީ ބިލެއްގެ އިތުރުން، އަންނަ އަހަރުގެ ސެޕްޓެމްބަރު 6 ވަނަ ދުވަހަށް މުއްދަތު ހަމަވާ ގޮތަށް 83.4 މިލިއަން ރުފިޔާގެ ޓީ ބިލެއް ވިއްކުމަށް ވަނީ ހިމަނާފައެވެ.
މި ޓީ ބިލްތަކުގެ އިންޓްރެސްޓް ރޭޓް ކަނޑައެޅިފައިވަނީ 3.50 އިންސައްތައާއި 4.60 އިންސައްތައާ ދެމެދުގެ މިންވަރެއްގައެވެ.
އާންމުގޮތެއްގައި ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން އޮފީހުގެ އިތުރުން ވިޔަފާރި ބޭންކުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ބައެއް ވިޔަފާރި ކުންފުނިތަކުންނެވެ.
ޓީ ބިލަކީ ސަރުކާރުގެ ކުރު މުއްދަތުގެ މާލީ ބޭނުންތައް ފުއްދުމަށްޓަކައި ދޫކުރާ ސެކިއުރިޓީޒްގެ ބާވަތެކެވެ.
ރާއްޖޭގައި މިފަދަ ޓީ ބިލް ދޫކުރަނީ ދިވެހި ރުފިޔާއިން ޑިސްކައުންޓް ރޭޓެއްގައި ވިއްކުމަށްފަހު، މުއްދަތު ހަމަވުމުން އޭގެ މޫނުމަތީ އަގު (ފޭސް ވެލިއު) އަނބުރާ ދައްކާ ހަލާސްކުރާ އުސޫލުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އަބްދުﷲ ޝަރީފް އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
4 މިނިޓު ކުރިން

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައިފި
8 ގަޑިއިރު ކުރިން

ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި
12 ގަޑިއިރު ކުރިން

ދެވަނަ ދައުރު ނިމުނު އިރު 24 ބިލެއްގެ މަސައްކަތްވަނީ ފުރިހަމަކޮށްފައި: ރައްޔިތުންގެ މަޖިލިސް
12 ގަޑިއިރު ކުރިން


