logo

ކާޓާގެ މެނޭޖްމެންޓް ކޮމިޓީއަށާއި ރީޖަނަލް ޑައިރެކްޓަރުގެ މަގާމަށް ރާއްޖެ އިންތިޚާބުކޮށްފި

profile

އައިމިނަތު ރޫޔާ - 27 އޮކްޓޯބަރު 2024 - 12:47

މޯލްޑިވްސް އައިލެންޑް ރެވެނިއު އަތޯރިޓީ

މޯލްޑިވްސް އައިލެންޑް ރެވެނިއު އަތޯރިޓީ

ކޮމަންވެލްތު އެސޯސިއޭޝަން އޮފް ޓެކްސް އެޑްމިނިސްޓްރޭޓަރސް (ކާޓާ) ގެ މެނޭޖްމަންޓް ކޮމިޓީއަށާއި ކާޓާގައި އޭޝިއާ ސަރަހައްދު ތަމްސީލުކުރާ ރީޖަނަލް ޑައިރެކްޓަރުގެ މަގާމަށް ދިވެހިރާއްޖެ އިންތިޚާބު ވެއްޖެއެވެ.

މި ކޮމިޓީއަށް ރާއްޖެ އިންތިޙާބުވީ މިމަހުގެ 21 އިން 25 އަށް މޮރިޝަސްގައި ބޭއްވި ކާޓާގެ 23 ވަނަ އެނުއަލް ޖެނެރަލް މީޓިންގައެވެ.

ކާޓާގެ މެނޭޖްމެންޓް ކޮމިޓީގައި މީގެކުރިންވެސް ދެ ދައުރެއްގައި ދިވެހިރާއްޖެ ވަނީ ތަމްސީލު ކޮށްފައެވެ. އަދި ރީޖަނަލް ޑިރެކްޓަރުގެ މަގާމުވެސް ފާއިތުވި ދައުރު މީރާއިން ވަނީ އަދާކޮށްފައެވެ.

ކާޓާގެ މެނޭޖްމެންޓް ކޮމިޓީއަށް ރާއްޖެ ފުރަތަމަ އިންތިޙާބުވެފައިވަނީ 2012 ވަނަ އަހަރުގައެވެ.

ކާޓާއަކީ 1978 ވަނަ އަހަރު ކޮމަންވެލްތް ފިނޭންސް މިނިސްޓަރުންގެ ނިންމުމުގެދަށުން، މެންބަރު ގައުމުތަކަށް އެހީތެރިވެދީ ކޮންފަރެންސްތަކާއި ތަމްރީނު ޕްރޮގްރާމްތަކާއިޕަބްލިކޭޝަންތަކާއި ޢިލްމު ހިއްސާކުރުމުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްޤީއާއި ރަނގަޅުވެރިކަމެއް ކުރިއެރުވުމަށް ފައިދާހުރި ޓެކްސް އެޑްމިނިސްޓްރޭޝަންތައް ތަރައްޤީކުރުމަށް އުފައްދާފައިވާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ.

ކާޓާއަކީ އެކި ޤައުމުތަކުގެ ޓެކްސް އިދާރާތަކުގެމެދުގައި އުފައްދާފައިވާ ޖަމިއްޔާތަކުގެ ތެރެއިން މިހާރު ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ޖަމިއްޔާއެވެ.

މިދިޔަ އަހަރު ކާޓާގެ ކޮންފަރެންސް ބާއްވާފައިވަނީ ރާއްޖޭގައެވެ.

މިއަހަރުގެ ކާޓާ ޓެކްނިކަލް ކޮންފަރެންސް ގައި އާންމު ވޯޓުތަކުގެ އިތުރުން، ކާޓާގެ ޗެއަރމަން އަދި ރައީސްގެ މަޤާމަށްވެސް ވޯޓުލުން ކުރިއަށް ގެންގޮސްފައި ވެއެވެ

https://wamco.com.mv/
tel:+9607331319