މަސްވެރިންގެ ގައުމީ ދަފްތަރުގައި މިހާތަނަށް 80 އިންސައްތަ އުޅަނދު ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ މިނިސްޓަރު ވިދާޅުވީ މި ދަފްތަރު އެކުލަވާލުމަށް އެ މިނިސްޓްރީގެ 30 އަށްވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ 15 އަތޮޅަކަށް ދަތުރުކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތުން 350 އުޅަނދު ދަފްތަރު ކުރެވިފައިވާކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
ދަފްތަރުކުރުމާއިއެކު ފަޅުވެރިންނަށް ފަސޭހަކަން ގެނުވާނެ ނިޒާމަކަށް މި ނިޒާމު ވެގެންދާނެ ކަން ފާހަގަ ކުރައްވާ މިނިސްޓަރު ޝިޔާމް ވަނީ ރާއްޖޭގެ މަސްދޯނިފަހަރުގެ ހުރިހައި އޮޑިވެރިންނަށް އެ ދޯނިފަހަރުތައް ދަފްތަރުކުރުމަށް ގޮވާލައްވާފައެވެ.
މަސްވެރިންގެ ޤައުމީ ދަފްތަރު އިފްތިތާހުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ. މި ދަފްތަރު އެކުލަވާލުމުގެ އެންމެ ބޮޑު މަގުސަދަކީ މާލީ ވަސީލަތްތަކުގެ ފައިދާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލާ، މަސްވެރިކަމަކީވެސް ރާއްޖޭގައި ރަސްމީކޮށް ބަލައިގަންނަ ވަޒީފާއަކަށް ހެދުމެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ ދަފްތަރު އެކުލަވާލެއްވުމާއެކު، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބިދޭސީންގެ ސަބަބުން ރާއްޖެއިން ބޭރުވާ ފައިސާ ރާޢްޖޭގެ އިގްތިސޯދުގެ ތެރޭގައި ހިފެހެއްޓޭނެކަމަށެވެ. މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވުމަށް އޮންލައިން ޕްލެޓްފޯމް ހުޅުވާލައިފައިވަނީ މިއަހަރުގެ ޖުލައި މަހުގައެވެ.
މަސްވެރިކަމާ ބެހޭ ޒުވާރާއިން ބުނީ ދަފުތަރުގެ މަސައްކަތް ނިމޭއިރު، ރާއްޖޭގައި މަހަށް ދުއްވާ ހުރިހާ ދޯންޏަކާއި، ކެޔޮޅުންނާއި އަދި ފަޅުވެރިންގެ ރަސްމީ މައުލޫމާތު ވުޒާރާގެ ޑޭޓާބޭސްގައި ރައްކާކުރެވި ބެލެހެއްޓިގެން ދާނެކަމަށެވެ. މަސްވެރިންގެ ދަފުތަރުން މަސްވެރިޔާއަކީ ދައުލަތް ބަލައިގަންނަ އަބުރުވެރި ފަރާތަކަށް ވެގެންދާނެ ކަމަށް އެވުޒާރާއިން މައުލޫމާތުދެއެވެ.
މަސްވެރިންގެ ރަސްމީ ދަފްތަރެއް އެކުލަވާލުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.