
ޒަކާތު ހައުސުން އިސްލާމީ ދާއިރާގެސްކޮލަރޝިޕްތަކުގެ ފުރުޞަތު ހުޅުވާލައިފި

އާމިނަތު ޝަޒްލާ - 17 މޭ 2026 - 13:48
ޒަކާތު ހައުސްއިން ސްކޮލަރޝިޕްތަކާއި ޚާއްޞަ ސްކޮލަރޝިޕްތަކަށް ރާއްޖެއާއި ރާއްޖޭން ބޭރުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕްތަކާއި ޚާއްޞަ ސްކޮލަރޝިޕް ފުރުޞަތުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ޒަކާތު ހައުސްއިން ހުޅުވާލައިފައިވާއިރު، 7 އަހަރުގެ މެދުކެނޑުމަކަށްފަހު ޒަކާތު ހައުސް ވުޖޫދަށް އައިސް މި ސްކޮލަޝިޕް އަލުން ދޭން ފަށާފައިވަނީ މިދިޔަ އަހަރުއެވެ.
މި ފުރުޞަތުގެ ދަށުން ޖުމުލަ 30 ސްކޮލަރޝިޕް ދޫކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން 10 ފުރުޞަތު ރާއްޖޭގައި ކިޔެވުމަށް އަދި 20 ފުރުޞަތު ރާއްޖޭއިން ބޭރުގައި ކިޔެވުމަށް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، ޚާއްޞަ ސްކޮލަރޝިޕް ސްކީމުތަކެއްވެސް ތަޢާރަފުކޮށްފައިވާ ކަމަށާއި، މީގެ ތެރޭގައި ސައުދީ އަރަބިއްޔާއާއި، މިޞްރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ސްޓައިޕެންޑް ލިބޭ ގޮތަށް ދޭ 5 ފުރުޞަތާއި، އަންހެނުންގެ ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނު ކުރުމަށް ދޭ ޚާއްޞަ 5 ސްކޮލަރޝިޕް ހިމެނޭ ކަމަށް ކަމަށް ޒަކާތު ހައުސްއިން ވަނީ ހާމަކޮށްފައެވެ.
ސްކޮލަރޝިޕް ޕުރޮގުރާމުގެ ދަށުން ކިޔެވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ދާއިރާތައް:
- - އިސްލާމީ ޝަރީޢާ
- - ޤުރްއާނާ ބެހޭ ޢިލްމު
- - އިސްލާމީ ތަޢުލީމު
- - އިސްލާމީ ދިރާސާއާއި ޝާއިޢުކުރުން
- - އިސްލާމީ ނޫސްވެރިކަން
- - ޢަޤީދާ އަދި ފިޤުހު
- - އުޞޫލުލް ފިޤުހު
- - އިސްލާމީ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ފަދަ ދާއިރާތައް ހިމެނޭ
ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ވިލާ ކޮލެޖް، އެވިޑް ކޮލެޖް އަދި ޒިކުރާ ކޮލެޖް ފަދަ މުއައްސަސާތަކުން ކިޔެވުމުގެ ފުރުޞަތު އޮންނާނެ ކަމަށާއި، އަދި ރާއްޖޭން ބޭރުގެ އިސްލާމިކް ޔުނިވާސިޓީތައް ކަމަށްވާ އަލް އަޒްހަރު ޔުނިވަރސިޓީ އާއި، މެލޭޝިޔާގެ 2 ޔުނިވާސިޓީ ކަމުގައިވާ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ، "އައިއައިޔޫއެމް" އަދި ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިޔާ އިންސިފްއާއި، ޔުނިވަރސިޓީ ބުރުނާއީ ދާރުއްސަލާމް އަދި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދު ފަދަ ޔުނިވަރސިޓީތަކުން ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޒަކާތު ހައުސްއިން ވަނީ ހާމަކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

އަޟްޙާ އީދު ބަންދާއި ގުޅިގެން ބޭންކުތައް ހުޅުވާނީ 28 ވަނަ ދުވަހު: އެމް.އެމް.އޭ
10 ގަޑިއިރު ކުރިން

ސީޝެލްސްގެ ފޮރިން މިނިސްޓަރު ދަތުރު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި
11 ގަޑިއިރު ކުރިން

އެމްޑަބްލިއުއެސްސީގެ ޗެއާމަން ޝަމްހޫޒާ ވަކިކޮށްފި
11 ގަޑިއިރު ކުރިން

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް މީކާއިލް ހޮވިވަޑައިގެންފި
11 ގަޑިއިރު ކުރިން


.gif&w=3840&q=75)