logo

ސެޕްޓެމްބަރުން ފެށިގެން ކުދި ޕްލާޓިކް ކޮތަޅު ބޭނުންކުރުން މުޅިން މަނާ!

profile

މުހައްމަދު މުޝްރިފް - 13 ޖޫން 2026 - 12:04

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މިއަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މަނާވާނެއެވެ.

https://wamco.com.mv/

"ސިންގްލް ޔޫސް ޕްލާސްޓިކް މަދުކުރުމާ ގުޅޭ ގަވާއިދު" މިހާރު ތިމާވެއްޓާ ބެހޭ ވުޒާރާއިންވަނީ އާންމުކޮށްފައެވެ. މިގަވާއިދުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މަނާކޮށްފައިވާ ބާވަތްތައް އެތެރެކޮށް ވިއްކާ އަދި ބޭނުންކުރާނަމަ ފިޔަވަޅު އެޅުމަށްވަނީ ހަމަޖެހިފައެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ބާވަތްތަކުގެ ތެރެއިން ރާއްޖޭގައި އެންމެ އާންމުކޮށް ބޭނުންކުރާ އެއްކައްޗަކީ، ޕްލާސްޓިކް ކޮތަޅެވެ. ގަވާއިދުގައި ބަޔާންކުރާގޮތުން 30 ސެންޓިމީޓަރުގެ ޕްލާސްޓިކް ކުދިކޮތަޅު ބޭނުންކުރުމަކީ މަނާކަމެކެވެ. އެހެންކަމުން މިއަހަރުގެ ސެޕްޓެމްބަރު މަހު ގަވާއިދު ތަންފީޒުކުރަން ފެށުމުން މިސައިޒުގެ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅު ބާޒާރުކުރުމުގައި ބޭނުންކުރުމަކީ މަނާކަމެކެވެ.

މިފަދަ ބާވަތެއް ބޭނުންކޮށް ވިއްކާ، އަދި އުފައްދާ ފުރަތަމަ ފަހަރުނަމަ ނަސޭޙަތްދިނުމަށްފަހު ދޫކޮށްލާނެ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި ދެވަނަ ފަހަރުނަމަ ނަސޭޙަތްތެރިވުމާއެކު، އެތެރެކޮށްފައިވާ ނުވަތަ އުފައްދާފައިވާ ނުވަތަ ބާޒާރަށް ވިއްކަން ނެރޭ އެއްޗެއްގެ ޢަދަދަށް ބަލައި ކޮންމެ އެއްޗަކަށް 150 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ވެސް އެ ވުޒާރާއިން ބުނެ އެވެ. މިގަވާއިދުގެ ދަށުން ޖޫނިމަނާކުރެވޭނެ އެންމެ މަތީ ޢަދަދަކީ 1 ލައްކަ ރުފިޔާއަށްވުރެ ގިނަ ނުވާނެ އަދަދެކެވެ.

ސަރުކާރުގެ އަމާޒަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ރާއްޖެއިން އެއްކޮށް ހުއްޓުވުމެވެ. މިކަމަށްޓަކައި ޕްލާސްޓިކްގެ ބަދަލުގައި ބޭނުންކުރެވޭނެ ތިމާވެއްޓާ ރައްޓެހި ބާވަތްތައް ބާޒާރަށް ނެރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk