
މަސްތުވާތަކެތީގެ މައްސަލައެއްގައި ރ. މަޑުއްވަރިން މީހަކު ހައްޔަރުކޮށްފި

ރިޟްވާން މޫސާ - 03 މޭ 2026 - 08:01
މަސްތުވާތަކެތީގެ މައްސަލައެއްގައި ރ. މަޑުއްވަރިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރި / އޯކިޑުވިލާ ، އުމުރުން 51 އަހަރުގެ ޖާދުﷲ އަޙްމަދު ޤާސިމް އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅެ އަދި ބޭނުންކުރާ ކަމުގެ ތުހުމަތުގައި އެ ރަށު ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން މިވަގުތު ތަހުގީގު ކުރަމުންދާއިރު މި މައްސަލައާ ގުޅިގެން ޖާދުﷲ އަޙްމަދު ޤާސިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މަސްތުވާތަކެތީގެ މައްސަލަތައް މިފަހަކަަށް އައިސް އަނެއްކާވެސް އިތުރު ވަމުން އަންނަ ކަން ފާހަގަކުރެވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

މިދިޔަ ހަފްތާގައި ބައި މިލިއަނަށް ވުރެ ގިނަ ފައިސާ ހޯދައިފި
29 މިނިޓު ކުރިން

ނޯ ޓޮބޭކޯ ޑޭ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ގަޑިއިރެއް ކުރިން

އަތޮޅު ކައުންސިލް އިއާދަކުރަން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
20 ގަޑިއިރު ކުރިން

އެންސްޕާގެ ސީއީއޯ އަކަށް ސްޓޭޓް މިނިސްޓަރު ޝިރުނާ ހަމަޖައްސަވައިފި
21 ގަޑިއިރު ކުރިން


.gif&w=3840&q=75)