
ދެއިންތިހާބު އެކުގައި ބާއްވަން އަދާލަތު ޕާޓީއިންވެސް ތާއީދުކޮށްފި

މުޙައްމަދު ފަޟްލޫން - 18 މާރިޗު 2026 - 14:12
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށް ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމަށް އަދާލަތު ޕާޓީން ތާއީދުކޮށްފިއެވެ.
މިގޮތަށް އެ ޕާޓީން ނިންމާފައިވަނީ، ދެ އިންތިޚާބު އެކުގައި ބޭއްވުމަށާއި މަޖިލީހުގެ ދައުރު ގުނާނެ އުސޫލު ކަނޑައެޅުމަށްޓަކައި ޤާނޫނުއަސާސީއަށް ގެނައުމަށް ފާސްކުރި 8 ވަނަ އިޞްލާޙާ މެދު ރައްޔިތުންގެ ލަފާ ހޯދުމަށް ބާއްވާ ވޯޓާ ގުޅިގެންނެވެ. މިކަމާ ގުޅޭގޮތުން އަދާލަތު ޕާޓީން ބުނީ، 4 އެޕްރީލް 2026 ގައި ބޭއްވުމަށް ތާވަލުކޮށްފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި، ޤައުމާއި ރައްޔިތުންގެ އެންމެ މަތީ މަޞްލަޙަތަށް އިސްކަންދީ ފެންނަ ކަމަށް ވޯޓު ދިނުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން މިހާރު ފާސްކޮށްފައިވާ ކަމަށެވެ.
އަދާލަތު ޕާޓީން މި ނިންމުން ނިންމާފައިވަނީ، ކައިރިކައިރީގައި އިންތިޚާބުތައް ބޭއްވުމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ކުރިމަތިވާ ބުރަ ކުޑަކުރުމަށާއި، އިދާރީ ގޮތުން ދިމާވާ ދަތިތަކަށް ލުޔެއް ހޯދުމުގެ މަޤްޞަދުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްނަގައިގެން ޤާނޫނުއަސާސީއަށް ގެންނަން ހުށަހެޅި މި ބަދަލަކީ ރާއްޖޭގެ އިންތިޚާބީ ނިޒާމަށް އަންނާނެ ހެޔޮ ބަދަލެއްގެ ގޮތުގައި ގިނަ ބަޔަކު ޤަބޫލުކުރެއެވެ.
މިގޮތުން ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 60 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް

ސައުދީ އަރަބިއްޔާ އަށް ފިތުރު އީދު ދުވަހަކީ އަންނަ ހުކުރުދުވަސް
ގަޑިއިރެއް ކުރިން

ފިތުރު އީދު ދުވަހަކީ މާޗް މަހުގެ 20 ވަނަ ދުވަސް: އިސްލާމިކް މިނިސްޓްރީ
ގަޑިއިރެއް ކުރިން

މަސްވެރިންނަށް ވިއްކާ ތެޔޮ އަގުބޮޑު ނުކުރަން މިފްކޯއިން ނިންމައިފި
ގަޑިއިރެއް ކުރިން

ޓީ ބިލް ވިއްކަން ހުޅުވާލައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)