logo

އުނގެނުމުގެ މަގަކީ ސުވަރުގެއަށް މަގުފަހިކޮށްދޭ ޖިހާދެއް: ހުތުބާ

profile

ޝަހްޒާ މުޙައްމަދު - 30 ޖެނުއަރީ 2026 - 11:47

އުނގެނުމުގެ މަގަކީ، ދިގު އަދި ބުރަ މަސައްކަތެއް ނަމަވެސް އެއީ ސުވަރުގެއަށް މަގު ފަހިކޮށްދޭ، އަޖުރު މަތިވެރި ޖިހާދެއް ކަން ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުޞޫއަކީ "ވަށައިޖެހޭ ތަޢުލީމުގެމަތީގައި އުންމަތް ބިނާކުރާށެވެ!"އެވެ.

ޚުޠުބާގައި ބުނީ ދަރީންނަކީ މާތް الله އަހަރެމެންނާ ޙަވާލުކުރައްވައިފައިވާ އަގުބޮޑު އަމާނާތެއް ކަމަށާއި މިއީ އެ ދަރީންގެ މުސްތަޤުބަލު ބިނާކުރުމުގެ އައު ބާބެއްގެ ފެށުން ކަމަށެވެ. އިސްލާމްދީނުގައި ތަޢުލީމަކީ ހަމައެކަނި ދުންޔަވީ ވަޒީފާއަކަށް ތައްޔާރުވުމެއްނޫންކަމަށެވެ. އެ ތަޢުލީމާއި ތަރުބިޔަތު ވާންޖެހޭނީ އެ ކުދީންގެ ބުއްދިއާއި އަޚުލާޤަށް ފުރިހަމަކަން ގެނެސްދޭ، ޞާލިޙު އިންސާނަކު ބިނާކުރުމަށް ޓަކައި، ފޯރުކޮށްދެވޭ، ވަށައިޖެހޭ ތަޢުލީމަކަށެވެ. މުދައްރިސުން، ދަރިވަރުންގެ ބުއްދި ތަރައްޤީކޮށްދޭ ފަދައިން، އެ ކުދީންގެ ހިތްތަކުގައި އީމާންކަމާއި މަތިވެރި އަޚުލާޤުގެ ބިންގާ އަޅައިދީ އެ ކުދީންގެ ޅަނދޮޅު ހިތްތަކަށް ރޫޙާނީ ދިރުން ގެނެސްދިނުން މުހިއްމު ކަމަށް ޚުޠުބާގައި ބުންޏެވެ.

އިސްލާމްދީނުގައި ތަޢުލީމަކީ ހަމައެކަނި ދުންޔަވީ ވަޒީފާއަކަށް ތައްޔާރުވުމެއްނޫނެވެ. އެ ތަޢުލީމާއި ތަރުބިޔަތު ވާންޖެހޭނީ އެ ކުދީންގެ ބުއްދިއާއި އަޚުލާޤަށް ފުރިހަމަކަން ގެނެސްދޭ، ޞާލިޙު އިންސާނަކު ބިނާކުރުމަށް ޓަކައި، ފޯރުކޮށްދެވޭ، ވަށައިޖެހޭ ތަޢުލީމަކަށްކަމުގައި ޚުތުބާގައި ބުންޏެވެ.

މުދައްރިސުން، ދަރިވަރުންގެ ބުއްދި ތަރައްޤީކޮށްދޭ ފަދައިން، އެ ކުދީންގެ ހިތްތަކުގައި އީމާންކަމާއި މަތިވެރި އަޚުލާޤުގެ ބިންގާ އަޅައިދިނުމަށް ވެސް ކުތުބާގައި ގޮވާލިއެވެ.

ޚުޠުބާގައި ބުނީ އުނގެނުމުގެ މަގަކީ، ދިގު މަގެއް، އެއީ ބުރަ މަސައްކަތެއް، އެހެނަސް، އެއީ ސުވަރުގެއަށް މަގު ފަހިކޮށްދޭ، އަޖުރު މަތިވެރި ޖިހާދެއް ކަމަށެވެ.

މުދައްރިސުންނަށް މުޚާތަބުކޮށް ޚުތުބާގައި ވަނީ، ކޮންމެ މާއްދާއެއް ކިޔަވައިދިންކަމުގައި ވިޔަސް އިސްލާމްދީނުގެ އަޞްލުތަކާއި ތަރަހައިގެ ތެރެއަށް ފެއްތުމަކީ މުދައްރިސުންގެ މަސްއޫލިއްޔަތެއްކަމަށެވެ. އެއީ ނުހަނު ބޮޑު އަމާނާތެއްކަމަށެވެ. އެހެންކަމުން އިސްލާމްދީނުގައި ޢިލްމުވެރީންގެ ދަރަޖަ އެތައް ގުނައަކަށް އުފުލިގެންވާކަމަށް، ޚުޠުބާގައި ބުންޏެވެ.

ހުޠުބާގައި ވަނީ ބެލެނިވެރިން ދަރިވަރުންގެ ޞިއްޙަތާއި، އެ ކުދީންނަށް އަންނަ ޖިސްމާނީ އަދި ނަފުސާނީ ބަދަލުތަކަށް ހޭލުންތެރިކުރުވާ އެންމެ ގާތް އެކުވެރިޔާއަށްވުމަށާއި އެ ކުދީން ރައްކާތެރިކޮށްދޭ އައްޑަނައަކަށްވުން މުހިއްމުކަން ފާހަގަކޮށްފައެވެ. އަދި ކާމިޔާބީގައި ބައިވެރިވެ، ތަރުޙީބުދީ ނާކާމިޔާބީގައި އަތުގައި ހިފައި، އައު ޢަޒުމަކާ އެކު ކުރިއަށްދާން ހިތްވަރުދޭ ބަޔަކަށް ބެލެނިވެރިންވުމަށް ޚުޠުބާގައިވަނީ ގޮވާލާފައެވެ.

ހުޠުބާގައި ވަނީ ކަމާބެހޭ އިދާރާތަކުގެ ވެރީން ތަޢުލީމީ ސިޔާސަތުތައް ޒަމާނާ ގުޅޭ ގޮތަށް މުރާޖަޢާކޮށް ހަރުދަނާކުރުން މުހިއްމު ކަމަށް ވިދާޅުވެފައެވެ. އަދި މަންހަޖުތަކާއި މުޤައްރަރުތައް އިލާހީ މަންހަޖާ އެއް ގޮތަށް، ދުރު ރާސްތާގެ ސާބިތު އަމާޒުތަކެއްގެ މައްޗަށް ބިނާކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ތަޢުލީމުގެ އަސާސީ ބިންގާތަކަށް ލޮޅުން ނާރާނޭހެން ކަންކަން ތަރުތީބުކުރުމަކީ، އަންނާން އޮތް ޖީލުތަކަށް ޓަކައި ތިޔަ ބައިމީހުންގެ ކޮނޑުގައި އެޅިފައިވާ ބޮޑު މަސްއޫލިއްޔަތެއް ކަމަށާއި އެއީ ބޮޑު އަމާނާތެއް ކަމަށް ވިދާޅުވިއެވެ.

https://wamco.com.mv/

ހުޠުބާގައި ވިދާޅުވީ އިލްމު އުނގެނުމުގެ މައިގަނޑު ބޭނުމަކީ ހަމައެކަނި މަޢުލޫމާތުތަކެއް ދަސްކޮށް، އިމްތިޙާނުތަކަކުން ފާސްވުމެއްނޫން ކަމަށާއި އެއީ އިންސާނާގެ ބުއްދިއާއި ޒަމީރު ހޭލައްވައިލާ ދިރުމެއް ކަމަށެވެ. ޢިލްމަކީ ޖާހިލުކަމުގެ އަނދިރީން އިންސާނާ ނެރެދީ، ޙައްޤާއި ބާޠިލު ވަކިކޮށްދޭ ނޫރެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ބުނީ އިސްލާމީ ތާރީޚުގެ ރަންޒަމާނުގައި ދުނިޔެ ދުށް ފަދަ، ދީނީ ޢިލްމާއި ދުންޔަވީ ޢިލްމުގެ މާހިރުންނަށް މިއަދު މި އުންމަތް ބޭނުންވާ ކަމަށެވެ. ތަޢުލީމީ ނިޒާމުގެ ތެރެއިން ބިނާކުރާން މި އުންމީދުކުރާ ޖީލަކީ، އިޚުލާޞްތެރި، އަމާނާތްތެރި، ޢަދުލުވެރި، ޢިލްމުވެރި، ޚުލްޤު ހެޔޮ، ޤައުމީ މަޞްލަޙަތު އިސްކުރާ، ޙައްޤަށް ތަބާވާނޭ ޢަދުލުވެރި ޖީލެކެވެ. މި އަސާސްތަކުގެ މައްޗަށް ބިނާވާ ޖީލަކީ، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް ގެންދާނެ ޖީލެކެވެ. އެ ޖީލަކާ މެދު މުޖުތަމަޢު އުފާކުރާނެ ޖީލެކެވެ. އެހެންކަމުން، އެ ކަމަށް ޓަކައި އެންމެން އެކުގައި މަސައްކަތްކުރުމަށް ޚުޠުބާގައިވަނީ ގޮވާލައިފައެވެ.

https://wamco.com.mv/
tel:+9607331319