logo
ބާސެލޯނާ އާއި ވިލަރެއާލް ވާދަކުރި މެޗުގެ ތެރެއިން..

ބާސެލޯނާ އާއި ވިލަރެއާލް ވާދަކުރި މެޗުގެ ތެރެއިން..

ޔަމާލްގެ ފުރަތަމަ ހެޓްރިކާއެކު ބާސެލޯނާއަށް ހަތަރު ޕޮއިންޓްގެ ލީޑެއް

profile

ހަސަން ޝަމްއޫން - 28 ފެބްރުއަރީ 2026 - 19:05

ސްޕެނިޝް ލަލީގާގައި މިރޭ އަމިއްލަ ދަނޑުގައި 4-1 ގެ ނަތީޖާއަކުން ވިލަރެއާލް ބަލިކޮށް ބާސެލޯނާ އިން ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

https://wamco.com.mv/

ލީގުގައި ބާސެލޯން އެންމެ ފަހުން ކުޅުނު މެޗުގައި ލެވާންޓޭ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު. ލީގުގައި ވިލަރެއާލް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން ވެލެންސިއާ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާ އިންނެވެ.

މިމެޗުގައި ބާސެލޯނާގެ ޒުވާން ފޯވާޑް ލަމީން ޔަމާލް ތިންލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، މިއީ ބާސެލޯނާގެ ޖާޒީގައި ޔަމާލް ކާމިޔާބުކުރި ފުރަތަމަ ހެޓްރިކެވެ. އަދި އެޓީމުގެ އެނެއް ލަނޑު ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވޮންޑަސްކީ އެވެ.

މީގެ އިތުރުން މިމެޗުގައި ވިލަރެއާލްގެ ހަމައެކަނި ލަނޑު މިޑްފީލްޑަރު ޕަޕޭ ގުއޭ ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބާސެލޯނާގެ ޒުވާން ފޯވާޑް ލަމީން ޔަމާލް އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 26 މެޗުން ބާސެލޯނާއަށް 64 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 25 މެޗުން ލިބިފައިވަނީ 60 ޕޮއިންޓެވެ. އަދި މިމެޗުން ބަލިވި ވިލަރެއާލް އިން ލީގުގައި ކުޅުނު 26 މެޗުން ހޯދި 51 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk