
ކްރިސްޓިއާނޯ ރޮނާލްޑޯ
އަލްމެރިއާގެ 25 ޕަސެންޓް ހިއްސާ ރޮނާލްޑޯގެ ކުންފުނިން ގަނެފި

ހަސަން ޝަމްއޫން - 27 ފެބްރުއަރީ 2026 - 16:22
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުންފުނިން CR7 ސްޕޯޓްސް އިންވެސްޓްމަންޓްސް ކޮމްޕެނީން ސްޕެއިނުގެ ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ކްލަބެއް ކަމަށްވާ އަލްމެރިއާގެ 25 ޕަސެންޓް ހިއްސާ ގަނެފި އެވެ.
މިހާރު ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް ކުޅެމުން އަންނަ އުމުރުން 41 އަހަރުގެ ރޮނާލްޑޯ އަންނަނީ، އޭނާގެ ކުންފުނީގެ މަސައްކަތްތައް ފުޓްބޯޅައިގެ ތެރޭގައި ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، އަލްމެރިއާގެ 25 ޕަސެންޓް ހިއްސާ ގަތުމަށް ފަހު، ރޮނާލްޑޯގެ ކުންފުނިން ވަނީ ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޓިވް މަސައްކަތުގެ ފުރަތަމަ ފިޔަވަޅު ކުރިއަށް އަޅައިފަ އެވެ.
އަލްމެރިއާގެ ހިއްސާ ގަތުމާ ބެހޭގޮތުން ރޮނާލްޑޯ ބުނެފައިވަނީ، ފުޓްބޯޅައިގެ ހިދުމަތުގައި ދެމިހުރުމަކީ އަބަދުވެސް އޭނާގެ އަމާޒެއް ކަމަށެވެ. އެ ގޮތުން، ފުޓްބޯޅައިގެ މަސައްކަތްތައް ކުރުމުގައި ކެނޑިނޭޅި ހުރުމުގެ ފެށުމެއްގެ ގޮތުގައި ދަނޑުން ބޭރުން މަސައްކަތް ފެށުމަށް ކުރަމުން އައި އުންމީދު، އަލްމެރިއާ އެކު މި ހާސިލްވީކަން ރޮނާލްޑޯ ވަނީ ފާހަގަކޮށްފަ އެވެ.
ސައުދީ ސަރުކާރުގެ ޑިޕާޓްމަންޓެއް ކަމަށްވާ ޖެނެރަލް އެންޓަޓައިމަންޓް އޮތޯރިޓީ (ޖީއީއޭ) ހިންގަމުން އަންނަ ޗެއާމަން، ތުރުކީ އަލް-ޝެއިހް އަތުން އަލްމެރިއާގެ މެޖޯރިޓީ ހިއްސާ މިދިޔަ އަހަރު ގަތީ ވެސް ސައުދީގެ މަހުޖަނެއްގެ ކުންފުނިންނެވެ. އެއީ، އެސްއެމްސީ ގްރޫޕުންނެވެ. އެއީ، އަލް ނަސްރާ ގުޅުން އޮތް ވިޔަފާރި ވެރިއެއް ކަމަށްވާ އަލް-ހަރޭޖީގެ ކުންފުންޏެކެވެ.
ގުޅުން ހުރި ޙަބަރުތައް
.jpeg&w=3840&q=75)
ޗެމްޕިއަންސް ލީގު: ދެވަނަ ބުރުގައި ޗެލްސީ އިން ނުކުންނާނީ ޗެމްޕިއަން ޕީއެސްޖީ އާއި ދެކޮޅަށް
7 ގަޑިއިރު ކުރިން

ބޯޑޯ/ގްލިމްޓް އަތުން ބަލިވެ އިންޓަ މިލާން މުބާރާތުން ކަޓައިފި
3 ދުވަސް ކުރިން

ޕްލޭއޮފްގައި ފަސޭހަކަމާއެކު ކަރަބާގް ބަލިކޮށް ނިއުކާސަލް ދެވަނަ ބުރަށް
3 ދުވަސް ކުރިން

ޓޮޓެންހަމް ބަލިކޮށް އާސެނަލް އިން ހަތަރު ޕޮއިންޓަށް ލީޑު ފުޅާކޮށްފި
5 ދުވަސް ކުރިން


.gif&w=3840&q=75)