
ނިއުކާސަލް އާއި ކަރަބާގް ވާދަކުރި މެޗުގެ ތެރެއިން..
ޕްލޭއޮފްގައި ފަސޭހަކަމާއެކު ކަރަބާގް ބަލިކޮށް ނިއުކާސަލް ދެވަނަ ބުރަށް

ހަސަން ޝަމްއޫން - 25 ފެބްރުއަރީ 2026 - 03:01
ޔުއެފާ ޗެމްޕިއަންސް ލީގު ޕްލޭއޮފް ދެވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި އަޒަރްބައިޖާންގެ ކަރަބާގް 2-3 ގެ ނަތީޖާއަކުން ބަލިކޮށް ނިއުކާސަލް ޔުނައިޓެޑުން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މިދެޓީމު އަޒަރްބައިޖާންގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ފަސޭހަކަމާއެކު 6-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑުން ކާމިޔާބުކޮށްފައިވާއިރު، އެޓީމުން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައިވަނީ 9-3 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިއުކާސަލް އިން ވަރުގަދަކޮށް ފެށިއިރު، މެޗުގެ ފުރަތަމަ ހަ މިނެޓް ތެރޭގައި އެޓީމުން ވަނީ ދެލަނޑުގެ ލީޑެއް ހޯދާފައެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު މިޑްފިލްޑަރު ސަންޑްރޯ ޓޮނާލީ ކާމިޔާބުކުރިއިރު އޭގެ ދެމިނެޓް ފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ މިޑްފިލްޑަރު ޖޯލިންޓަން އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން ނިއުކާސަލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ކަރަބާގް އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ކަމީލޯ ޑުރާން އެވެ. ނަމަވެސް ޖެހިގެންއައި މިނެޓުގައި ނިއުކާސަލްގެ ޑިފެންޑަރު ބޮޓްމަން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް އަލުން ދެލަނޑުގެ ލީޑެއް ހޯދައިދީފައެވެ.
ކަރަބާގް ދެވަނަ ލަނޑު މެޗުގެ 57 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު އެލްވިން ކަފަރްކުލިޔޭވް އެވެ. މިއީ އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި މިޑްފިލްޑަރު މާކޯ ޖަންކޮވިޗް ކުރިއަށް ފޮނުވާލި ބޯޅަ ނިއުކާސަލްގެ ކީޕަރު ރަމްސްޑޭލް ދިފާއުކޮށް ބޭރަށް ނެރުމުން ރީބައުންސަށް ލިބުނު ފުރުސަތުގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 3-2 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
ގުޅުން ހުރި ޙަބަރުތައް

ބޯޑޯ/ގްލިމްޓް އަތުން ބަލިވެ އިންޓަ މިލާން މުބާރާތުން ކަޓައިފި
20 ގަޑިއިރު ކުރިން

ޓޮޓެންހަމް ބަލިކޮށް އާސެނަލް އިން ހަތަރު ޕޮއިންޓަށް ލީޑު ފުޅާކޮށްފި
3 ދުވަސް ކުރިން

އަމިއްލަ ދަނޑުގައި ލެވާންޓޭ އަތުން ބާސެލޯނާއަށް ފަސޭހަ މޮޅެއް
3 ދުވަސް ކުރިން

ފަހުވަގުތު ފޮރެސްޓް ބަލިކޮށް ލިވަޕޫލުން ގަދަ ހަތަރެއްގެ އުންމީދު ދަމަހައްޓައިފި
3 ދުވަސް ކުރިން


.gif&w=3840&q=75)