
ބާސެލޯނާ އާއި ލެވާންޓޭ ވާދަކުރި މެޗުގެ ތެރެއިން..
އަމިއްލަ ދަނޑުގައި ލެވާންޓޭ އަތުން ބާސެލޯނާއަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން - 23 ފެބްރުއަރީ 2026 - 00:57
ސްޕެނިޝް ލަލީގާގައ ރޭ އަމިއްލަ ދަނޑުގައި ލެވާންޓޭ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށްޖެހިލައިފިއެވެ.
ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި ޖިރޯނާ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ލީގުގައި ލެވާންޓޭ އެންމެ ފަހުން ކުޅުނު މެޗުގައި ވިލަރެއާލް އަތުން އެޓީމު ވަނީ 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާ އިންނެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރިިއިރު، އެޓީމު މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ ހަތަރުވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު މާކް ބެރްނަލް އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ފްރެންކީ ޑި ޖޮންގް އެވެ.
މީގެ އިތުރުން ވެސް މިމެޗުގައި ބާސެލޯނާ އިން ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް ފާމިން ލޮޕޭޒް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ
މިނަތީޖާއެކު ލީގުގައި ކުޅުނު 25 މެޗުން ބާސެލޯނާއަށް 61 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ލެވާންޓޭ އިން ލީގުގައި ކުޅުނު 25 މެޗުން ހޯދި 18 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 19 ވަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް

ޓޮޓެންހަމް ބަލިކޮށް އާސެނަލް އިން ހަތަރު ޕޮއިންޓަށް ލީޑު ފުޅާކޮށްފި
ދުވަހެއް ކުރިން

ފަހުވަގުތު ފޮރެސްޓް ބަލިކޮށް ލިވަޕޫލުން ގަދަ ހަތަރެއްގެ އުންމީދު ދަމަހައްޓައިފި
ދުވަހެއް ކުރިން

ވާދަވެރި ކުޅުމަކަށްފަހު ބަޔާން މިޔުނިކުން ފްރޭންކްފާޓް ބަލިކޮށްފި
2 ދުވަސް ކުރިން

ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ބާންލީ އިން ޗެލްސީ ހުއްޓުވައިފި
2 ދުވަސް ކުރިން


.gif&w=3840&q=75)