logo
ލިވަޕޫލް އާއި ފޮރެސްޓް ވާދަކުރި މެޗުގެ ތެރެއިން..

ލިވަޕޫލް އާއި ފޮރެސްޓް ވާދަކުރި މެޗުގެ ތެރެއިން..

ފަހުވަގުތު ފޮރެސްޓް ބަލިކޮށް ލިވަޕޫލުން ގަދަ ހަތަރެއްގެ އުންމީދު ދަމަހައްޓައިފި

profile

ހަސަން ޝަމްއޫން - 23 ފެބްރުއަރީ 2026 - 00:51

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ނޮޓިންގްހަމް ފޮރެސްޓާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު 1-0 ގެ ނަތީޖާއަކުން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން ގަދަ ހަތަރެއްގެ އުންމީދު ދަމަހައްޓައިފިއެވެ.

https://wamco.com.mv/

ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި ސަންޑަލޭންޑް އަތުން މޮޅުވެފައިވާއިރު، ލީގުގައި ނޮޓިންހަމް ފޮރެސްޓް އެންމެ ފަހުން ކުޅުނު މެޗުގައި ވުލްވްސް އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފޮރެސްޓުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ފޮރެސްޓުން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ވަނީ ލިވަޕޫލުގެ ގޯލަށް 12 ހަމަލާއެއް ފޮނުވާލާފައެވެ. އަދި އޭގެ ތެރެއިން ދެ ހަމަލާއެއް ގޯލާއި އަމާޒުވެފައިވާއިރު، މިހާފުގައި ފޮރެސްޓްގެ ގޯލާއި އަމާޒުކޮށް ލިވަޕޫލަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އަދި މިހާފުގައި ދެޓީމުން ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައިވާއިރު، ލީވަޕޫލް މެޗުން މޮޅުވި ލަނޑު ދެވަނަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އެލެކްސިސް މާކް އެލިސްޓާއެވެ.

މިނަތީޖާއެކު ލިގުގައި ކުޅުނު 27 މެޗުން ލިވަޕޫލަށް 45 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަވަނައިގައެވެ. އަދި މިމެޗުން ބަލިވި ފޮރެސްޓުން ލީގުގައި ކުޅުނު 27 މެޗުން ހޯދި 27 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 17 ވަނައިގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk