logo

ސަލާމަތަށް ނުރައްކާވާ ގޮތަށް ހުރި ތާކު އުޅުނު ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

profile

އާމިނަތު ޝަފާ - 24 ސެޕްޓެމްބަރު 2024 - 16:15

ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް ހައްޔަރުކޮށްގެން ގެންދަނީ

ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް ހައްޔަރުކޮށްގެން ގެންދަނީ

މާފަންނު 2 ގެއެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެ މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިމިގްރޭޝަންގެ ޓާސްކް ފޯހަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހޯމަ ދުވަހު މާލޭގެ މާފަންނަށް ނިސްބަތްވާ ދެ ގެއެއް ބަަލައި ފާސްކުރުމަށް ފަހުގައެވެ.

އިމިގްރޭޝަނުން ބުނީ، އެ ދެ ގެއަކީ އާންމު ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާވާ ގޮތަށް ބިދޭސީން ދިރިއުޅެމުން ދިޔަ ތަންތަން ކަމަށެވެ.

އެ ގޭގައި ގަވާއިދާ ހިލާށް ދިރިއުޅެމުންދިޔަ 2 ބިދޭސީން ވަނީ ހައްޔަރުކޮށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން މިހާތަނަށް 4،000 ބިދޭސީން ޑީޕޯޓްކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ބިދޭސީންނާ ގުޅޭ މައްސަލަތައް "އިމިގްރޭޝަން ވޮޗް" އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ހުށައެޅޭނެއެވެ. މި ޕްލެޓްފޯމުގައި ކާކުކަން ނޭނގޭގޮތަށް މައްސަލަ ހުށައެޅޭނެއެވެ.

ސަރުކާރުގެ ޢަމާޒަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މިއޮޕަރޭޝަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ މުއްދަތަކައް ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކޮށް، ކުރިއަށްގެންދިއުމެވެ. އަދި ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ހައްލުކުރުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.

https://int.etukuri.mv/
tel:+9607331319