logo

ހަފްތާއެއްގެ ތެރޭގައި މާލީ ވުޒާރާއިން 6 އާރްޓީއައިއަށް ޖަވާބުދީފި

profile

އާމިނަތު ޝަފާ - 12 ސެޕްޓެމްބަރު 2024 - 11:50

ފިނޭންސް މިނިސްޓަރ ޝަފީގު

ފިނޭންސް މިނިސްޓަރ ޝަފީގު

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މާލީ ވުޒާރާއަށް ލިބިފައިވާ ހުށަހެޅުންތަކުގެ ތެރެއިން މި ހަފުތާގެ ތެރޭގައި ޖުމުލަ 6 ހުށަހެޅުމަކަށް ޖަވާބު ދީފައިވާކަމަށް އެ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ އާރް.ޓީ.އައި ޤާނޫނުގެ ދަށުން ލިބޭ ހުށަހެޅުންތަކަށް ގަވާއިދުން ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޖަވާބުދާރީވުމަށް ވުޒާރާއިން އަބަދުވެސް މަސައްކަތް ކުރާކަމަށެވެ. މީގެ އިތުރުން، ޤާނޫނުގެ ޚުދޫދުގެ ތެރެއިން ދޫކުރެވެން ހުރި މަޢުލޫމާތުތައް ދޫކުރެވެން އޮތް މިންވަރަކުން ދޫކުރުމަކީވެސް ވުޒާރާއިން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންގެންދާ މަސައްކަތެއްކަމަށް ބުނެފައިވެއެވެ.

މާލީ ވުޒާރާއިން މިފަދައިން ބުނެފައިވާއިރު މި ގާނޫނުގެ ދަށުން ރައީސް އޮފީހަށް ހުށަހަޅާފައިވާ ހުރިހާ މައުލޫމާތެއް ދޫކޮށްފައިވާކަމަށާއި ޖަވާބުނުދޭ އެންމެ އާރްޓީއައިއެއްވެސް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވަނީ ވިދާޅުވެފައެވެ.

މި ގާނޫނު އިސްލާހު ކުރަން ސަރުކާރުން ނިންމައިފައިވާއިރު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އިސްލާހީ ރަނގަޅު ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ސަރުކާރުންދެކެއެވެ. އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އިސްލާހު ކުރަން ނިންމާފައި ވަނީ އެ ގާނޫނު ތަންފީޒު ކުރުމުގައި ދަތިތަކެއް ހުރުމުން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

އާރްޓީއައި ގާނޫނުގެ ދަށުން އައިކޮމްއަށް ހުށަހަޅައިގެން މައުލޫމާތު ހޯދެއެވެ.

tel:+9607331319