logo

ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ބަހައްޓަން ދިރާސާއެއް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 18 އޯގަސްޓު 2024 - 19:35

މީރު ފެން އުފައްދާ ނިޒާމުގެ ދިރާސާކުރަން ސޮއިކުރަނީ

މީރު ފެން އުފައްދާ ނިޒާމުގެ ދިރާސާކުރަން ސޮއިކުރަނީ

ކަނޑުއަޑީގައި މީރު ފެން އުފައްދާ ނިޒާމެއް ބެހެއްޓުމަށްޓަކައި ދިރާސާއެއް ހަދަން ސަރުކާރުން އަމިއްލަ ކުންފުންޏަކާ އެކު މިއަދު ސޮއިކޮށްފި އެވެ.

އެ ދިރާސާ ހަދަން ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީން ހަވާލުކުރީ ފެން އުފައްދާ ނިޒާމުތައް ގާއިމުކޮށްދޭ ނޯވޭގެ ކުންފުންޏެއް ކަމަށްވާ ފްލޯޝަން އާ އެވެ. މި އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޢަބްދުލް މަތީން މުހައްމަދެވެ. ފްލޯޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަލެގްޒަންޑާ ފުލެސަން އެވެ.

އެމްޑަބްލިއުއެސްސީން ބުނީ މި ދިރާސާގައި ކަނޑު އަޑީގައި އާރ.އޯ ޑީސެލިނޭޝަން ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ފަންނީ މައުލޫމާތު ހޯދައި އެކަމަށް ބޭނުންވާ ކަނޑު އަޑީގެ ދިރާސާތަކާއި، ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ދެނެގަތުމުގެ އިތުރުން، އެގޮތަށް ފެން އުފެއްދުމާއި ގުޅޭ މާލީ ހިސާބުތައް ތައްޔާރުކުރެވޭނެ ކަމަށެވެ.

މި ދިރާސާގައި އެމްޑަބްލިއުއެސްސީގެ ދައުރަކީ އެ ކުންފުނިން ބުނިގޮތުގައި މިހާރު ލިބެންހުރި މައުލޫމާތާއި ފަންނީ ލިޔެކިޔުންތައް ފޯރުކޮށްދިނުމާއި، ސަރުކާރުގެ ވުޒާރާތަކާއި އެހެނިހެން އިދާރާތަކުން ބޭނުންވާ ހުއްދަތައް ހޯދުމަށް އެހިތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ރާއްޖޭގައި މި މަސައްކަތް ކުރިޔަށް ގެންދިޔުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެ ކުންފުނިން ބުނީ މި ދިރާސާގެ އަލީގައި މިފަދަ ނިޒާމެއް ގާއިމުކުރެވިއްޖެ ނަމަ، ރާއްޖޭގެ އިތުރުވަމުން އަންނަ އާބާދީއާއި ފެނުގެ ޑިމާންޑާއި އެއްވަރަށް ފެން އުފެއްދޭވަރާއި ރައްކާކުރެވޭނެ ނިޒާމުގެ ގާބިލުކަން އިތުރުކުރެވޭނެ އައު އިޖާދީ ގޮތްތައް ހޯދުން މަގުފަހިވެގެންދާނެ އެވެ. އަދި އޭގެ ސަބަބުން، ސާފު ރައްކާތެރި ފެން އުފައްދާ ފޯރުކޮށްދޭ ނިޒާމް ގާއިމްކުރުމަށް ދިމާވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބި، ރާއްޖޭގައި ފެން އުފެއްދުމަށް މިހާރު ބޭނުންކުރާ ހަކަތައާއި އެކަމަށް ހޭދަކުރެވޭ ހަރަދުވެސް ކުޑަކުރެވޭނެ އެވެ.

އެމްޑަބްލިއުއެސްސީން ބުނިގޮތުގައި ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތައާއި ބެހޭ ސިޔާސަތުތަކުގެ އިތުރުން، އ.ދގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ވެސް ހާސިލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އެއާ އެކު ގައުމީ ފެންވަރުގައި ރައްކާތެރި ބޯފެން ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި އުފައްދާ ފޯރުކޮށްދެވި، އޭގެ އިޖްތިމާއީ އަދި އިގްތިސޯދީ މަންފާ ވެސް ފަހިވެގެންދާނެ ކަމަށެވެ.

https://wamco.com.mv/
tel:+9607331319