logo

އެމްޑަބްލިއުއެސްސީން ނަރުތަކެއް ވަގަށް ނެގި ދެ މީހަކު ހައްޔަރު ކޮށްފި

profile

އަހުމަދު ޒަލީފު - 10 ޖޫން 2024 - 13:44

އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީ

މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ވަޔަރު ނަރުުތަކެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަ އާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ހދ. ކުޅުދިއްފުށި، ސީސަންވިލާ، އާމަދް މުހައްމަދާއި ލ. މާވަށް، ވައިފިނިގެ، އަބްދުﷲ އަފީފެވެ.

އެ ދެމީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.

އެއ ދެ މީހުންގެ ބަންދު އަމުރުގައި ބުނެފައިވަނީ އެމްޑަބްލިއުއެސްސީން ނަރުތަކެއް ވަގަށް ނަގައިގެން ދެ މީހަކު ދިޔަ ކަމަށާއި، އަދި އޭގެ ތެރެއިން އެކަކު ހުރީ ކަޅު ކުލައިގެ އަތްދިގު ޓީޝާޓެއް ލައިގެން ކަމަށެވެ. އައދި އެތަނުގެ މުވައްޒަފަކު ދިން ބަޔާނަކާއި ގުޅިގެން ފުލުހުން އެ ސަރަހައްދު ބަލައި ފާސްކުރި ކަމަށެވެ.

އެގޮތުން ފުލުހުންނަށް އައިމިނަރަނި ހިނގުމާއި ހުދުފަޅު ހިނގުން ގުޅުނު ކަންމަތިން، އެމްޑަބްލިއުއެސްސީ ގޭޓް ކައިރިން ދެ މީހަކު ފެނުނު ކަމަށް އަމުރުގައިވެއެވެ. އަދި އެމީހުންގެ އަމަލުތައް ހުރި ގޮތުން ކުށެއް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ ދެ މީހުން ހުއްޓުވާ ސުވާލު ކުރުމުން އެ ދެ މީހުންނަކީ ބޭރު މަގުން ހިނގާފައި އައި ބައެއް ކަމަށް ބުނެފައިވާ ކަމަށްވެއެވެ.

އެ ދެ މީހުންގެ ތެރެއިން އަބްދުﷲ އަފީފް ހިނގާފައި ދިޔަ ސަރަހައްދު ފުލުހުން ބަލައި ފާސްކުރި އިރު އެ ސަރަަހައްދުގައި ޕާކު ކޮށްފައި އޮތް ޕިކަޕެއްގެ ފުރޮޅު މަތީގައި އޮތް ހުދު ކުލައިގެ ގޯންޏެއް އޮތް ކަމަށެވެ. އަދި އެ ގޯނި ނަގައި ބެލި އިރުި އޭގައި ގިނަ އަދަދެއްގެ ވައިރު ނަރު ފެނިފައިވާތީ މި ދެ މީހުންނާ އެއާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެއީ އެ މީހުންގެ އެއްޗެއް ނޫން ކަމަށް ބުނެފައިވާ ކަމަށް ވެސް އަމުރުގައިވެއެވެ.

އެހެން ނަމަވެސް އެއީ އެމްޑަބްލިއުއެސްސީން ވައިރު ނަރުތައް ވަގަށް ނެގި ދެ މީހުން ކަމަށް އެ ވަގުތު އެތަނަށް އައި އެމްޑަބްލިއުއެސްސީގެ ސެކިއުރިޓީ އޮފިސަރަކު ބުނެފައިވާ ކަމަށް އަމުރުގައިވެއެވެ. އަދި އެ ދެ މީހުން ވައްކަން ކުރަނިކޮށް އެތަނުގެ ސީސީޓީވީ ކެމެރާއަށް އަރާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މި ދެ މީހުންނަކީ ވެސް ކުށުގެ ވެށީގައި އުޅޭ ދެ މީހުންކަން އަމުރުގައި ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން އާދަމް މުހައްމަދު 44 ފަހަރު ހައްޔަރުކޮށް 26 ފަހަރު ވަނީ ބަންދުކޮށްފައެވެ. އަދި އޭގެ ތެރޭގައި ގިނައީ ވައްކަމުގެ މައްސަލަ އާއި ގުޅޭ މައްސަލަތައް ކަމަށް އަމުރުގައިވެއެވެ.

https://int.etukuri.mv/
tel:+9607331319