logo

ބަންކަރިންގެ ޚިދުމަތުން އުފެދޭ ކުނި ނައްތާލަން އެމްޕީއެލްއާއި ވެމްކޯއާ ދެމެދު އެއްބަސްވުމެއް

profile

ޝާމާ ޝުޢައިބު - 06 އޮކްޓޯބަރު 2024 - 13:21

ވެމްކޯއާއި އެމްޕީއެލްއާ ދެމެދު އެމްއޯޔޫގައި ސޮއި ކުރުން - ފޮޓޯ: ޕީއެސްއެމް

ވެމްކޯއާއި އެމްޕީއެލްއާ ދެމެދު އެމްއޯޔޫގައި ސޮއި ކުރުން - ފޮޓޯ: ޕީއެސްއެމް

އިހަވަންދިއްޕޮޅުގައި ފެށި އުތުރު މެރިޓައިމް ސަރވިސް (ޔޫ.އެމް.އެސް) އަށް ވެމްކޯގެ ފަރާތުން ބައެއް ޚިދުމަތްތައް ހޯދުމަށް އެމްޕީއެލް އަދި ވެމްކޯއާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއޯޔޫގައި ވެމްކޯގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ. އެމްޕީއެލްގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ ސީއީއޯ މުހައްމަދު ވަޖީހެވެ.

އެމްއޯޔޫގައި ސޮއި ކުރުމަށްފަހު ވާހަކަދައްކަވަމުން ވަޖީހު ވިދާޅުވީ މިހާރު ޚިދުމަތްތައް ފެށިގެން ކުރިއަށްދާ އިންޓަރނޭޝަނަލް ބަންކަރިންގގެ ޚިދުމަތް ދެވެނީ. މިކަމުގައި ދިވެހި ސަރުކާރުގެ ވަރަށް ގިނަ ކުންފުނިތަކެއް ބައިވެރިވެގެން ކަމަށެވެ.

އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ކުންފުންޏަކީ އެސްޓީއޯ. ދެން އެމްޕީއެލް. މިހާރު ސީންއަށް މިއައީ ވެމްކޯ. އަދި ކުރިއަށް އޮތްތާނގަ ފެނަކަވެސް އަންނާނެ. - އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު

ވަޖީހު ވިދާޅުވީ ވެމްކޯގެ ދައުރަކީ ބަންކަރިންގ ޚިދުމަތް ދޭއިރު، ބޯޓުފަހަރުގައި އުފެދޭ ކުނިތަކާ ހަވާލުވުން ކަމަށެވެ. އެގޮތުން މި ޚިދުމަތް ދެމުންދާއިރު ވަރަށް ގިނަ ކުނި އުފެދޭނެ ކަމަށާއި، ބޯޓުތައް އެއް ބަނދަރުން އަނެއް ބަނދަރަށް ދާއިރު، އުފެދިފައިވާ ހުރިހާ ކުންޏެއް އަންލޯޑް ކުރާނީ ޖެހިގެން އޮންނަ ބަންކާދޭ ޕޮއިންޓަކަށް ކަމަށް ވަޖީހު ވިދާޅުވިއެވެ.

އެގޮތުން އުތުރުގަ މި ފެށުނު ބަންކަރިންގގެ ޚިދުމަތާ ގުޅިގެން އުތުރު މެރިޓައިމް ސަރވިސަސްއާ، އަޅުގަނޑުމެންގެ އުތުރު ގޭޓްވޭއާ މި ކުނިިތައް އެބޭފުޅުން ޑިސްޗާޖު ކޮށްލާނެ.

ވަޖީހު ވިދާޅުވީ އެކަން ކުރިއަށް ގެންދިޔުމުގައި ކުރިއަށް ދާނެ ގޮތަކާ މެދު ވެމްކޯއާއެކު މަޝްވަރާކުރެވި ޕްލޭންތަކެއް ހެދިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގެ ރަށެއްގައި އެކަމަށް ޚާއްސަ ތަނެއް ހެދުމަށްފަހު ވެމްކޯގެ މަސައްކަތް ކުރިއަށް ގެންދާގޮތަށް ކަންކަން ރޭވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެގޮތުން އުލިގަމާ ކައިރީގައި އެކަމަށް އެކަށީގެންވާ ބައެއް ރަށްތައް ހުރިކަން ފާހަގަކުރައްވާ ވަޖީހު ވިދާޅުވީ މަސައްކަތަށް ޚާއްސަ މަރުކަޒެއް އެތަނުން އެއް ރަށުގައި ގާއިމް ކުރާނެ ކަމަށެވެ. މިކަމުގެ ސަބަބުން އެމްޕީއެލްގެ އިތުރުން ވެމްކޯއަށް ވެސް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަން ، އެމްޕީއެލްގެ ސީއީއޯ ވަޖީހު ފާހަގަކުރެއްވިއެވެ.

https://int.etukuri.mv/
tel:+9607331319