
ޕީއެންސީއަށް އަލަށް ގުޅުނު މެމްބަރުންގެ ފޯމުތައް ހަވާލުކުރަނީ ---
ތިނަދޫ ދެކުނު ދާއިރާއިން ގިނަ އަދަދެއްގެ ބަޔަކު ޕީއެންސީއަށް
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 24 އޮކްޓޯބަރު 2024 - 17:07
ތިނަދޫ ސިޓީ ދެކުނު ދާއިރާއިން ގިނަ އަދަދެއްގެ ބަޔަކު ވެރިކަން ކުރާ މައި ޕާޓީ - ޕީއެންސީއަށް ސޮއިކޮށްފިއެވެ.
މައުުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ކުރިއަށްދާ ކޮންގްރެސް ޕާޓީގެ މެންބަރޝިޕް ޑްރައިވްގެ ތެރެއިން އެ ޕާޓީއަށް އަލަށް ގުޅުނު މީހުންގެ ތެރޭގައި ތިނަދޫ ދެކުނު ދާއިރާއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ޒުވާނުން ހިމެނެއެވެ.
ކޮންގްރެސް ޕާޓީއާ ތިނަދޫ ދެކުނު ދާއިރާއިން އަލަށް ގުޅުނު މެންބަރުންގެ ފޯމު ވަނީ ހަވާލުކޮށްފިއެވެ.
"އަސްލު" ނޫހަށް ދެއްވި އިންޓަރވިއުއެއްގައި ޕީއެންސީގެ މިހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް މީގެ ކުރިން ވިދާޅުވެފައިވަނީ، ރައީސް ޑރ. މުއިއްޒުގެ ލަފާފުޅާއި އިރުޝާދާ އެއްގޮތަށް، ކޮންމެ ހަފުތާއަކު ވެސް ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި، މެމްބަރޝިޕް އިތުރުކުރުމުގެ ހަރަކާތްތަކެއް ހިންގަން ރާވާފައިވާ ކަމަށެވެ. އަދި މަދުވެގެން ކޮންމެ ހަފުތާއަކު އެއް ދުވަހު ސިޓީތަކުގައި މި ހަރަކާތް ކުރިއަށް ގެންދާނެކަން މެމްބަރު ފާހަގަކުރެއްވިއެވެ.
ނޮވެމްބަރު މަހުގެ ނިޔަލަށް އެ ޕާޓީއަށް 75،000 މެމްބަރުން ހަމަކުރުމަކީ ޕީއެންސީގެ މިހަރަކާތުގެ އަމާޒެކެވެ.
ޕީއެންސީއަކީ ވެރިކަމަށް އައުމުގެ ކުރިން މެމްބަރުން މަދު ކުޑަ ޕާޓީއެއް ނަމަވެސް، މިވަގުތު އެ ޕާޓީއަކީ މެމްބަރުން ގިނަ، ރާއްޖޭގެ އެންމެ ކާމިޔާބު އެއް ސިޔާސީ ޕާޓީއެވެ.
ވެރިިކަން ހިންގާ މައި ޕާޓީ - ޕީއެންސީގެ ސިޔާސަތުތަކަކީ:
- ރާއްޖޭގެ ޤުދްރަތީ ވަސީލަތްތަކުގެ ފައިދާ ރައްޔިތުންނަށް ހޯދައިދީ، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމެވެ.
- ރައްޔިތުންނަށް ލިބިދެވޭ ތަޢުލީމީ އަދި ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވާއި، އިޖްތިމާޢީ ދުޅަހެޔޮކަން ހަމަހަމަގޮތެއްގައި ތަނަވަސްކޮށްދިނުމެވެ.
- ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމާއި ބައިނަލްއަޤްވާމީ ދުނިޔޭގައި ދިވެހިންނަށް ޙައްޤު ޤަދަރާއި މަގާމު ހޯދައިދިނުމެވެ.
ޕާޓީގެ މެންބަރުންގެ ވާޖިބުތައް
- ޕާޓީގެ ކޮންމެ މެންބަރަކުމެ، ޕާޓީގެ ފިކުރަށް ތާއީދުކޮށް، ޕާޓީގެ މަޤްޞަދުތައް ފުރިހަމަ ކުރުމަށް އެހީތެރިވެ، ޕާޓީގެ އުޞޫލުތަކާއި، މިޤަވާޢިދަށް ޢަމަލު ކުރުމަށް އެއްބަސްވުން.
- ޕާޓީގެ ކޮންމެ މެންބަރަކުމެ، ޕާޓީގެ ޓިކެޓުގައި ޢާންމު އިންތިޚާބުތަކަށް ވާދަކުރާ ކެނޑިޑޭޓުންނަށް ތާއީދު ހޯދާދިނުމާއި، އެކެނޑިޑޭޓުންނަށް ވޯޓު ދިނުން.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
3 އަހަރު ކުރިން


