logo

ހުއްދަނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ

profile

މުޙައްމަދު ފަޟްލޫން - 02 ސެޕްޓެމްބަރު 2026 - 10:25

އެމްއެމްއޭގެ ސައްހަ ލައިސަންސަކާ ނުލައި، ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައްސަލަތައް ބެލުމަށް ހާއްސަ ޓާސްކްފޯހެއް އެކުލަވާލައި، އެފަދަ ފަރާތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށް ހުޅުވާލައިފިއެވެ.

https://wamco.com.mv/

ފުލުހުން މީޑިއާތަކަށް ދިން މައުލޫމާތުގައި ވާގޮތުން، ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތް ހިންގާ ފަރާތްތަކާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އެ ޓާސްކްފޯހުގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް އެ މައުލޫމާތެއް ހިއްސާކުރެވޭނެއެވެ.

މި ނަންބަރަށް އާދައިގެ އެސްއެމްއެސްގެ އިތުރުން ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ވެސް މައުލޫމާތު ފޮނުވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ސިއްރު ހިފެހެއްޓުމާއި ރައްކާތެރިކަން ކަށަވަރުކޮށްދެމުން ފުލުހުން ބުނީ މައުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ ވަނަވަރާއި އެ ފަރާތްތަކުން ދޭ އެންމެހައި މައުލޫމާތުތަކުގެ ސިއްރު ހިފަހައްޓާނެ ކަމަށެވެ.

މީގެއިތުރުން، މައުލޫމާތު ދޭ ފަރާތްތަކުން ތަހުގީގީ އެއްވެސް މަރުހަލާއެއްގައި ނުވަތަ ގާނޫނީ އިޖުރާއަތެއްގައި ބައިވެރިވާން ނުޖެހޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް ފުލުހުން ވަނީ ދީފައެވެ.

https://wamco.com.mv/
tel:+9607331319