logo
ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު

ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު

އެލްޖީއޭ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުމަކީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާންކުރުން : ރައީސް ނަޝީދު

profile

މުޙައްމަދު ފަޟްލޫން - 04 އޯގަސްޓު 2026 - 17:23

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑުގެ އިންތިހާބު ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަކީ، ސަރުކާރުން އަމިއްލައަށް ބަލި ގަބޫލުކުރުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތް މި އިންތިހާބު ކުއްލި ގޮތަކަށް ފަސްކުރިކަން އެލްޖީއޭ އިން ހާމަކުރީ މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ.

މި ނިންމުމާ ގުޅިގެން ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައި، ކަނޑައެޅިފައިވާ ތާރީޚުގައި އިންތިހާބު ބާއްވަން ގޮވާލައްވާފައެވެ.

2026 އޯގަސްޓް 8 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލުކުރި މި އިންތިހާބަކީ، އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ ހަރަކާތެކެވެ.

އެލްޖީއޭގެ ބަޔާނުގައި ވާގޮތުން، އިންތިހާބު ފަސްކުރަން ޖެހުނީ އެކަމާ ގުޅޭ މުހިންމު އިދާރީ މަސައްކަތްތަކެއް ނުނިމި ހުރުމުގެ ސަބަބުންނެވެ.

https://wamco.com.mv/
tel:+9607331319