
ކިނޮޅަސް ކައުންސިލް އިމާރާތުގެ 52 އިންސައްތަ މަސައްކަތް ނިމިއްޖެ

މުޙައްމަދު ފަޟްލޫން - 04 އޯގަސްޓު 2026 - 17:20
ރ. ކިނޮޅަސް ކައުންސިލު އިމާރާތުގެ 52 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް(އާރް.ސީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި މިހާރު ކުރިއަށް ދަނީ ފާރުތަކުގައި ސިމެންތިޖެހުމުގެ މަސައްކަތް އަދި ވަށާފާރުގެ މަސައްކަތެވެ.
އަލަށް އިމާރާތްކުރެވޭ ކައުންސިލުތައް ހުންނާނީ ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރެވިފައެވެ.
އަލަށް އިމާރާތް ކުރެވޭ ހުރިހާ އިމާރާތްތައް ކައުންސިލްތަކާ ހަވާލުކުރާނީ ފުލީ ފާނިޝްޑް ތަންތަނުގެ ގޮތުގައި، ބޭނުންވާ ހުރިހާ މޭޒާއި، ގޮނޑި އަދި ކައުންޓަރުތަކާއެކުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކައުންސިލްއިދާރާ ތަރައްގީ ކުރުމަށް ހިންގާ މަޝްރޫޢުތަކުގެ ތެރެއިން 105 ރަށެއްގައި ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
އެއީ އާރުސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 55 ކައުންސިލްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލެވެ.
ގުޅުން ހުރި ޙަބަރުތައް

އެލްޖީއޭ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުމަކީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާންކުރުން : ރައީސް ނަޝީދު
4 ގަޑިއިރު ކުރިން
ޑީއެންއާރުގެ ކައުންޓަރުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
4 ގަޑިއިރު ކުރިން

ކޮންގޯގައި އެބޯލާ ފެތުރި މަރުވި މީހުންގެ އަދަދު 1,700 އަށްވުރެ މައްޗަށް!
8 ގަޑިއިރު ކުރިން

ކަސްޓަމްސްގެ ގާނޫނީ ޒިންމާތަކާ ގުޅޭގޮތުން ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސް!
8 ގަޑިއިރު ކުރިން


