ޑީއެންއާރުގެ ކައުންޓަރުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ

މުޙައްމަދު ފަޟްލޫން - 04 އޯގަސްޓު 2026 - 17:21
ރާއްޖޭގައި އައިޑީކާޑުގެ ހިދުމަތް ފޯރުކޮށްދޭ މައި އިދާރާ، ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ގެ ކައުންޓަރުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އެ ފަރާތުން ނިންމައިފިއެވެ.
މި އަހަރު ނިމުމުގެ ކުރިން ޑީއެންއާރުގެ ހިދުމަތްދޭ ސަރަހައްދު އިތުރަށް ފުރިހަމަކޮށް، ތަރައްގީކުރުމަށް ބޭނުންވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ އިދާރާއިން މިހާރު ވަނީ އިޢުލާންކޮށްފައެވެ.
ސަރުކާރުގެ ހިދުމަތްތައް ޑިޖިޓަލްކޮށް، ހަރުދަނާކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް އޮގަސްޓް 12 ވާ ބުދަ ދުވަހުގެ މެންދުރު 1:00 ގައި ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ބިޑް ހުށަހެޅޭނީ މި ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމަށްވާއިރު، ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ އޮގަސްޓް 31 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.
ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ޑީއެންއާރުގެ ޚިދުމަތްތަކަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. އެގޮތުން މާލޭ ސަރަހައްދުގެ ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ވިލިމާލޭގައި އައު އޮފީސްތައް ހުޅުވައި ޚިދުމަތް ދޭން ވަނީ ފަށާފައެވެ. މީގެ އިތުރުން، ރާއްޖޭގެ ހުރިހާ އަތޮޅަކާއި ބައެއް ރަށްރަށުގެ އިތުރުން، ދިވެހިން ގިނައިން ދިރިއުޅޭ މެލޭޝިއާ އަދި ސްރީލަންކާގައިވެސް އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް މިހާރު ވަނީ ތަޢާރަފުކޮށްފައެވެ.
މި އިންގިލާބީ ބަދަލުތަކާއެކު، އޮންލައިންކޮށް ކާޑަށް ހުށަހެޅުމުގެ ލުއިފަސޭހަކަން ލިބި، އެމީހަކު ހުރި ރަށަކުން ނުވަތަ އެންމެ ކައިރި މަރުކަޒަކުން އަވަސްކަމާއެކު ކާޑު ލިބޭނެ އިންތިޒާމު މިހާރު ވަނީ ފަހިވެފައެވެ.
އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް، ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަކީ މި ސަރުކާރުން އިސްކަންދޭ މުހިންމު މަސައްކަތެކެވެ.
ގުޅުން ހުރި ޙަބަރުތައް

އެލްޖީއޭ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުމަކީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާންކުރުން : ރައީސް ނަޝީދު
4 ގަޑިއިރު ކުރިން

ކިނޮޅަސް ކައުންސިލް އިމާރާތުގެ 52 އިންސައްތަ މަސައްކަތް ނިމިއްޖެ
4 ގަޑިއިރު ކުރިން

ކޮންގޯގައި އެބޯލާ ފެތުރި މަރުވި މީހުންގެ އަދަދު 1,700 އަށްވުރެ މައްޗަށް!
8 ގަޑިއިރު ކުރިން

ކަސްޓަމްސްގެ ގާނޫނީ ޒިންމާތަކާ ގުޅޭގޮތުން ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސް!
8 ގަޑިއިރު ކުރިން


