logo

ޑިވަލޮޕްމަންޓް ބޭންކަށް މީހަކު ޖަމާކުރި 1 މިލިއަން ޑޮލަރު ނަގަންދިޔައިރު ނެތް، ވަނީ އެ ބޭނުންކޮށްފައި: އަމްރު

profile

ރިޟްވާން މޫސާ - 09 ސެޕްޓެމްބަރު 2026 - 08:44

ރާއްޖޭގެ ޑިވަލޮޕްމަންޓް ބޭންކަށް މީހަކު ޖަމާކުރި 1 މިލިއަން ޑޮލަރު އެ ނަގްނަ ދިޔައިރު ބޭންކުން އެ ޑޮލަރު ދެވެން ނެތުމުން އެ ފައިސާ ވެސް ބޭންކުން ބޭނުން ކޮށްފައިވާ ކަމަށާއި، މިއީ މާލީ އިދާރާއިން ބަލަންޖެހޭ ކަމެއް ކަމަށް އެމްޑީޕީގެ މެކްރޯ އިކޮނޮމިކް ކޮމެޓީގެ ޗެއާ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

އަމްރު ވިދާޅުވީ ރާއްޖޭގައި ޑިވެލޮޕްމެންޓު ބޭންކެއް ހުޅުވިގެން ދިއުމުން ވަރަށް ގިނަ ރައްޔިތުންނަށް އޭގެ ފައިދާތަކެއްކޮށް ބޭރު ފައިސާ ރާއްޖެ ވަންނާނެކަމަށް މިނިސްޓަރު ސައީދު ވިދާޅުވެފައިވާ ކަމަށާއި، ނަމަވެސް ރައްޔިތަކަށް މިކަމުން ވީ އެއްވެސް ފަސޭހައެއް އަދި މަންފާއެއްވެސް ނެތް ކަމަށެވެ.

އަމްރު ވިދާޅުވީ މިފަހުން މީހަކު އެ ބޭންކަށް ޖަމާކުރި އެއް މިލިއަން ޑޮލަރުވެސް އޭނާ އެނަގަން ދިޔައިރު ނެތް ކަމަށާއި އެ ފައިސާވެސް ބޭންކުން ބޭނުންކޮށްފައިކަމަށް އޭނާ ވަނީ ތުހުމަތު ކޮށްފަ އެވެ.

އަދި ބޭންކެއްގައި ރައްޔިތަކު ބަހައްޓާ ފައިސާ އެމީހަކު ނަގަން ދާއިރު ނެތުމަކީ އެއީ ވަރަށް ބޮޑު މައްސަލައެއްކަން ފާހަގަކުރައްވާ އަމްރު ވިދާޅުވީ މިއީ އެމްއެމްއޭއިން ބޭންކާއި ދޭތެރޭގައި ފިޔަވަޅު އަޅަންޖެހޭވަރުގެ ކަމެއް ކަމަށެވެ.

ރާއްޖޭގެ އިގްތިސާދު ދެމެހެއްޓުމަށާއި އިގްތިސާދު ހަރުދަނާކޮށް ތަކެތީގެ އަގު ތިރިކުރަން މި ސަރުކާރުން އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްދީފައިނުވާ ކަމަށް ވެސް އަމްރު ވަނީ ވިދާޅުވެފަ އެވެ.

އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ކަންވެސް ކުރައްވާފައިވާ އަމްރު ވަނީ ރާއްޖޭގެ އިގްތިސާދު ހަމަ މަގަށް އެޅުވުމަށް މިހާތަނަށް ސަރުކާރުން އެއްވެސް ޕްރޮޖެކްޓެއްވެސް ކުރިއަށް ނުގެންދާ ކަމަށް ވިދާޅުވެފަ އެވެ.

އަމްރު ވިދާޅުވީ ދުވަހެއް ދުވަހަކަށް ތަކެތީގެ އަބު އުފުލެމުން އަންނަ ކަމަށާއި، ތަކެތީގެ އަގު އަތްނުފޯރާފަށަށް ދިއުމުން އަދި ޑޮލަރުގެ އަގު އުފުލުމުން ރައްޔިތުންނަށް ދިމާވަމުން އަންނަ ދަތިތަކަށް ސަރުކާރުން ވިސްނަވަންޖެހޭ ކަމަށެވެ.

މި ސަރުކާރުގައި ނިންމަން ކަނޑައަޅާފައިވާ ބައެއް މަޝްރޫއުތަކާއި ގުޅޭގޮތުން އަމުރު ވާހަކަފުޅު ދައްކަވާފައިވާއިރު ވަނީ އެކިއެކި ނަންނަމުގައި ޕްރޮޖެކްޓުތަކަށް އިންވެސްޓުކުރި ނަމަވެސް އޭގެއިން އެއްވެސް ފައިދާއެއް ގައުމުގެ އިގްތިސާދަށް ކޮށްފައިނުވާކަމަށެވެ.

https://wamco.com.mv/
tel:+9607331319