logo

ރީ-ރަޖިސްޓްރީ ނުކުރާ ނޫސްތަކުގެ ރަޖިސްޓްރީ ބާތިލުކުރަނީ

profile

ރިޟްވާން މޫސާ - 09 ސެޕްޓެމްބަރު 2026 - 06:06

ނޫސްތައް ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ ދަށުން، ރީ-ރަޖިސްޓްރީ ނުކުރާ ނޫސްތައް އަންނަ މަހުގެ 27ގެ ފަހުން ބާތިލުކުރާނެ ކަމަށް މޯލްޑިވްސް މީޑިއާއެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ބުނެފިއެވެ.

https://wamco.com.mv/

އެމްއެމްބީސީއިން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ 'ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ގަވާއިދު'ގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި ރީރަޖިސްޓްރީކޮށް ރެކޯޑު އަދާހަމަ ކުރަން ޖެހޭނެ ކަމަށެވެ.

ރާއްޖޭގައި ހިންގާ ނޫސްތައް މީގެ ކުރިން ރަޖިސްޓްރީކުރަންޖެހޭ ތަނަކީ ޔޫތު މިނިސްޓްރީ އެވެ. ނަމަވެސް މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން ވުޖޫދުވުމަށްފަހު އެ ޒިންމާ ހަވާލުވެފައި އޮންނަނީ އެ ކޮމިޝަނާއެވެ.

ނޫސް މަޖައްލާތަކުގެ ރިކޯޑުތައް އަދާހަމަކުރުމަށް ހުރިހާ ނޫސް މަޖައްލާތަކުގެ މަސްއޫލުވެރި ފަރާތްތަކަށް ރީރެޖިސްޓްރީ ވުމަށް އެމްއެމްބީސީއިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި އެކަމަށް ދެވިފައިވާ އެންމެ ފަހުގެ ތާރީޚަކީ އަންނަ އޮކްޓޯބަރު މަހުގެ 27 ކަމަށް އެމްއެމްބީސީން ވަނީ ބުނެފައެވެ. އެ މުއްދަތު ހަމަވާއިރު ރީ-ރަޖިސްޓްރީކޮށް ރިކޯޑު އަދާހަމަ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓަރީތަށް، ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ބާތިލް ކުރެވޭނެ ކަމަށް ވެސް އެމްއެމްބީސީން ނެރެފައިވާ އިއުލާނުގައި ވަނީ ބުނެފައެވެ.

https://wamco.com.mv/
tel:+9607331319