logo

މުދަލު ޒަކާތުގެ އާމްދަނީ މި އަހަރު ރެކޯޑު މިންވަރަކަށް އިތުރުވެއްޖެ

profile

އާމިނަތު ޝަޒްލާ - 05 އޮކްޓޯބަރު 2026 - 10:25

މި އަހަރުގެ މިހައި ތަނަށް މުދަލު ޒަކާތުގެ ގޮތުގައި ބަލައިގަތް ޢަދަދު، 2025ވަނަ އަހަރު ލިބުނު ޖުމުލަ ޢަދަދަށް ވުރެ އިތުރުވެއްޖެއެވެ. އެގޮތުން 2026ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް 109.26 މިލިއަން ދިވެހި ރުފިޔާ ވަނީ ބަލައިގަނެފައެވެ.

https://wamco.com.mv/

1 ޖަނަވަރީ 2026އިން ފެށިގެން 30 ސެޕްޓެމްބަރު 2026ގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 109,262,025.69 (އެއްސަތޭކަ ނުވަ މިލިއަން ދެލައްކަ ފަސްދޮޅަސް ދެހާސް ފަންސަވީސް ރުފިޔާ ފަސްދޮޅަސް ނުވަ ލާރި) ރުފިޔާ ލިބިފައިވެއެވެ. މިއީ 2025ވަނަ އަހަރު އެއްކޮށް ލިބުނު 106,456,071.00 (އެއްސަތޭކަ ހަ މިލިއަން، ހަތަރުސަތޭކަ ފަންސަހަ ހާސް، ހަތްދިހަ އެކެއް) ރުފިޔާއަށްވުރެ 2,805,954.69 (ދެ މިލިއަން އަށް ސަތޭކަ ފަސް ހާސް ނުވަ ސަތޭކަ ފަންސާސް ހަތަރެއް ޕޮއިންޓް ހައެއް ނުވަ) ރުފިޔާ އިތުރު ޢަދަދެކެވެ.

މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ޢަދަދަކީ 2025ވަނަ އަހަރު ބަލައިގަތް ޖުމުލަ ޢަދަދާ އަޅާބަލާ އިރު ގާތްގަނޑަކަށް %2.64ގެ ކުރިއެރުމެކެވެ.

މި އަހަރުގެ ސެޕްޓެމްބަރު 30ގެ ނިޔަލަށް ދިވެހި ރުފިޔާއިން ޖުމްލަ 108,739,116.62 (އެއްސަތޭކަ އަށް މިލިއަން ހަތްސަތޭކަ ތިރީސް ނުވަހާސް އެއްސަތޭކަ ސޯޅަ ޕޮއިންޓް ހައެއް ދޭއް) ރުފިޔާ ލިބިފައިވާއިރު، 34,021.41 ޔޫ.އެސް ޑޮލަރު ވެސް ވަނީ ލިބިފައެވެ.

މި ދިޔަ އަހަރުގެ ޖުމުލަ ޢަދަދު ފަހަނަޅައި ގޮސްފައި މިވަނީ މި އަހަރު ނިމެން އަދި ތިން މަސްދުވަސް ބާކީ އޮއްވައެވެ. އެހެންކަމުން އޮކްޓޫބަރު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ލިބޭ ފައިސާ އަދި މިއަހަރުގެ ޖުމުލަ ޢަދަދަށް އިތުރުވާނެއެވެ.

https://wamco.com.mv/
tel:+9607331319