logo

އިބޯލާ ރޯގާއާ ގުޅިގެން، ހާލަތު ގާތުން ބަލަމުންދާ ކަމަށް އެޗްޕީއޭއިން ބުނެފި

profile

އާމިނަތު ޝަޒްލާ - 17 މޭ 2026 - 11:28

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ފެތުރެމުންދާ އިބޯލާ ރޯގާއާ ގުޅިގެން، ހާލަތު ގާތުން ބަލަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނެފިއެވެ.

https://wamco.com.mv/

(ޑީއާރްސީ) ޔުގާންޑާގައި އިބޯލާ ހަލުވިކަމާއެކު ފެތުރެމުންދާކަން ހާމަކޮށްދެމުން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން (ޑަބްލިޔުއެޗްއޯ) އިން ވަނީ، އެ ސަރަޙައްދުގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ.

ޔުގާންޑާގައި ފެތުރެމުންދާ އިބޯލާ ރޯގާއާ ގުޅިގެން، ރާއްޖެއިން ކަމާއި ގުޅުން ހުރި ފަރާތްތަކާއި ގުޅިގެން ހާލަތު ގާތުން ބަލަމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

(އދ) ޞިއްޙަތާ ބެހޭ މައި އިދާރާއިން ބުނީ، "ބަންޑީބޫޖޯ" ވައިރަހުގެ ސަބަބުން ފެތުރޭ މި ބަލި ކޮންގޯ އާއި ޔުގާންޑާގައި ފެތުރެމުންދިޔަ ނަމަވެސް، ބަލިމަޑުކަމެއްގެ ސިފައިގައި މުޅި ދުނިޔެއަށް ފެތުރުމުގެ ނުރައްކާ އަދި ނެތް ކަމުގައެވެ.

ނަ ދުވަހުގެ ނިޔަލަށް ކޮންގޯގެ އިޓޫރީ ޕްރޮވިންސްގެ ބޫނިޔާ، ރުވަމްޕާރާ އަދި މޮންގްބުވާލޫ ހިމެނޭ ގޮތުގައި ތިން ސަރަޙައްދަކުން ބަލި ޖެހިގެން 80 މީހުން މަރުވެފައިވާ ކަމަށް ޝައްކުކުރެވޭ ކަމުގައި ޑަބްލިޔުއެޗްއޯއިން ހާމަކުރިއެވެ. އަދި ލެބޯޓަރީ ތަހުލީލުތަކުން ކަށަވަރު ކުރެވިފައިވާ އަށް ވޭދަނައަކާއި، ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 246 ވޭދަނައެއް ފެނިފައިވާއިރު، ކޮންގޯގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ އިރުމަތީ ޕްރޮވިންސްގައި އަލަށް ފެތުރެން ފެށި މި ބަލިމަޑުކަމުގައި 80 މީހުން މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk