
—
އައިއެސްގެ ލީޑަރު ހަމްޒާ ސީރިޔާގައި މަރާލައިފި

އަހުމަދު ޒަލީފު - 18 ފެބްރުއަރީ 2023 - 20:24
ދުނިޔޭގެ ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ އައިއެސްގެ ލީޑަރު ހަމްޒާ އަލް ހޯސީ މަރާލައިފިއެވެ.
ސީރިއާގެ އުތުރުގައި ހެލިކަޕްޓަރުގައި ހިންގި އޮޕަރޭޝަނެއްގައި އައިއެސްގެ ދެ އޮފިޝަލުން މަރާލާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން މީގެ ކުރިން ބުނެފައިވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ހަމްޒާ މަރާލާފައި ވަނީ އެމެރިކާ ސިފައިންނާއި ސީރިއާ ސިފައިން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި ހަމަލާގައި ދެ ގައުމުގެ ސިފައިންގެ ތިބި ހެލިކޮޕްޓަރުގައި އެއްޗެއް ގޮވައި ހަތަރު މީހަކަށާއި އެމީހުން ގެންގުޅުނު ކުއްތާއަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމީހުން މަރާލާފައިވަނީ ސީދާ ކޮން ސަރަހައްދަކުން ކަމެއް އެމެރިކާގެ އަސްކަރިއްޔާއިން ހާމަކޮށްފައެއް ނުވެއެވެ. މި އޮޕަރޭޝަނުގައި ފުރަތަމަ ބެލި ބެލުމުން އާންމުންގެ އެއްވެސް މީހަކު މަރުވެފައި ނުވާކަމަށްވެސް އަސްކަރިއްޔާއިން ބުނެއެވެ.
އަސްކަރިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަރާލާފައިވާ އެކަކީ އަނަސް ކިޔާ އޮފިޝަލެއް ކަމަށެވެ. އޭނާއަކީ ސީރިއާގެ އުތުރުގައި އެ ޖަމާއަތުން ދޭ ހަމަލާތަކާއި ހިންގާ އޮޕަރޭޝަންތައް ރާވާ ހިންގުމުގައި ބައިވެރިވާ މީހެއްކަމަށްވެސް ބަޔާނުގައި ވެއެވެ.
މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން އައިއެސް އިން ވަނީ އެޖަމާއަތުގެ ލީޑަރު އަބޫ ހަސަނުލް ހާޝިމީ އަލް ގުރައިޝީ މަރުވެފައިވާކަން އިއުލާންކޮށްފައެވެ. އެމެރިކާއިން ބުނެފައިވަނީ އޭނާ މަރާލައިފައިވަނީ ސީރިއާގެ ހަނގުރާމަވެރިން އޮކްޓޯބަރު މަހު ސީރިއާގެ ދެކުނުގެ ޑެރާ ސިޓީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ. އަލްގުރައިޝީ އައިއެސް ގެ ލީޑަރު ކަމާއި ހަވާލުވީ މިއަހަރުގެ ފެންރުއަރީ މަހު އޭރުގެ ލީޑަރު އަބޫ އިބުރާހީމުލް ގުރައިޝީ އެމެރިކާއިން ހިންގި އޮޕަރޭޝަނެއްގައި މަރާލުމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްގެ ސްވައިޕް އައްޑޫ ސިޓީގައި ތައާރަފްކޮށްފި
11 ގަޑިއިރު ކުރިން

އައިފޯން ގިވްއަވޭ ޕްރޮމޯޝަންގައި ގޫގުލް ފޯމް ފުރާކަށް ނުޖެހޭނެ: އެލައިޑް އިންޝިއުރަންސް
13 ގަޑިއިރު ކުރިން

ޣާލިބަށް ތާއީދުކުރާ ކަމަށް ބުނާ ވާހަކަ ރައީސް ދޮގުކުރައްވައިފި
15 ގަޑިއިރު ކުރިން
އެއަރޕޯޓުން ފައިސާ ފޭރުނު މައްސަލައިގައި 8 މީހެއްގެ މައްޗަށް ދައުވާކޮށްފި
17 ގަޑިއިރު ކުރިން


.gif&w=3840&q=75)