logo

މުދަލު ޒަކާތުގެ ގޮތުގައި 45.3 މިލިއަން ރުފިޔާ

profile

ރިޟްވާން މޫސާ - 13 އޭޕްރީލު 2026 - 04:31

އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 45.3 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

މީރާއިން އާންމުކޮށްފައިވާ މާރިޗުމަހުގެ އާމްދަނީ ރިޕޯޓުގައިވާގޮތުން މިދިޔަ މަހު އެކަނިވެސް މުދަލު ޒަކާތުގެ ގޮތުގައި ދަޢުލަތަށް 27،420،050 ރުފިޔާ ވަނީ ލިބިފައެވެ.

މިއީ މިދިޔަ އަހަރުގެ މާރިޗުމަހު މުދަލު ޒަކާތުގެ ގޮތުގައި ދަޢުލަތަށް ލިބުނު 23،591،401 ރުފިޔާއާއި އަޅާ ބަލާއިރު 16.2 އިންސައްތަ އިތުރު އަދަދެކެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 30 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު 21 އިން ފެށިގެން ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، 19،527.90ރ އެވެ. އޭގެކުރިން މުދަލު ޒަކާތުގެ ނިސާބު ހުރީ، 11,191.95 ރުފިޔާގައެވެ.

މުދަލު ޒަކާތް ދައްކަންޖެހޭ މިންވަރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާ ގެ ވެބްސައިޓް މެދުވެރިކޮށް ފެންނަން ހުންނާނެ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk