logo

ޖަލުތަކުގައި ތަރާވީހް ނަމާދުކުރަން ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 18 ފެބްރުއަރީ 2026 - 15:51

ދިވެހިރާއްޖޭގެ ޖަލުތަކުގައި ފުރަތަމަ ފަހަރަށް ރަސްމީ ސިފައެއްގައި ތަރާވީޙް ނަމާދު ކުރުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހާމަކޮށްފިއެވެ.

https://wamco.com.mv/

ކަރެކްޝަންސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކުގެ މިސްކިތްތަކުގައި ފުރަތަމަ ފަހަރަށް ރަސްމީކޮށް ތަރާވީޙް ނަމާދު ކުރަން ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން، ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް ކުރިއަށް ގެންދިއުމަށްޓަކައި ޙާފިޡުން ހަމަޖައްސާފައިވާ ކަމަށްވެސް އެ މުއައްސަސާއިން ބުނެއެވެ.

މީގެ އިތުރުން، ބަރަކާތްތެރި ރަމަޟާން މަހަށް މަރުޙަބާ ކިއުމުގެ ގޮތުން، އިސްލާމިކް މިނިސްޓްރީއާ ގުޅިގެން މާފުށީ ޖަލާއި އައްސޭރި ޖަލުގެ އޮފިސަރުންނަށް ޚާއްޞަ ދީނީ ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ. ކަރެކްޝަންސްއިން ފާހަގަކުރި ގޮތުގައި، މި ސެޝަންތަކުގެ މައިގަނޑު މަޤްޞަދަކީ ގައިދީންނާއި ބަންދުމީހުން ދީނީ ކަންކަމަށް އަހުލުވެރިކުރުވައި، އަޚްލާޤީ ގޮތުން ހެޔޮލަފާ ބައެއްގެ ގޮތުގައި މުޖުތަމަޢުއަށް ނެރުމަށް މަގުފަހިކޮށްދިނުމެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk