logo

ދަނޑުވެރިންގެ ބާޒާރު ހުޅުވައިފި

profile

މުޙައްމަދު ފަޟްލޫން - 18 ފެބްރުއަރީ 2026 - 15:51

މާލެ ސަރަހައްދުގައި ފަސޭހަކަމާއެކު ދަނޑުވެރިންގެ އުފެއްދުންތައް ރޯދަމަހު ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން މާލޭގައި ވަގުތީ މާރުކޭޓެއް ހުޅުވައިފިއެވެ.

https://wamco.com.mv/

ދަނޑުވެރިންގެ ބާޒާރު ގެ ނަމުގައި މި މާރުކޭޓު ގާއިމްކޮށްފައިވަނީ ނޯތު ހާބަރުގައި ކުރިން ކެފޭ ހިންގި އިމާރާތުގައެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، މި ބާޒާރުގައި ޖުމްލަ 7 ރަށަކުން ބައިވެރިވެފައިވެއެވެ.

އޭގެ ތެރޭގައި ދަނޑުވެރިކަމަށް ހާއްސަ މަޝްހޫރު ރަށްތައް ކަމަށްވާ ށ. ގޮއިދޫ، ގއ. ނިލަންދޫ އަދި ތ. ކަނޑޫދޫ ހިމެނެއެވެ.

މި މާރުކޭޓުގައި ކޮންމެ ރަށަކަށް ވެސް ތަކެތި ވިއްކުމަށް ހާއްސަ ގޮޅިތަކެއް ކަނޑައަޅާފައިވާއިރު، މޯލްޑިވްސް ފުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (އެމް.ޖީ.އޭ.ޕީ) ސެޓިފައިޑް ވެފައިވާ 10 ދަނޑެއްގެ އުފެއްދުންތައް މިތަނުން ލިބެން ހުންނާނެއެވެ.

މި މާރުކޭޓަކީ ހަމައެކަނި ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް ހާއްސަ ތަނަކަށް ވުމާއެކު، ރާއްޖޭގައި ހައްދާ ތަރުކާރީއާއި މޭވާ ފިޔަވައި އެހެން އެއްވެސް ބާވަތެއް ވިއްކުމަކީ މަނާކަމެކެވެ.

މާރުކޭޓުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ. އަދި ރޭގަނޑު 9:00 އިން 11:00 އަށް ވެސް މާރުކޭޓު ހުޅުވިފައި ހުންނާނެއެވެ.

މި ވަގުތީ މާރުކޭޓު ހިންގުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ނިޔަލަށެވެ.

އެގޮތުން މާރިޗު މަހުގެ 26 ވަނަ ދުވަހު މި ބާޒާރު ބަންދުކުރާނެ ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk