
ހުޅުމާލެ ފޭސް 2 ގައި ޖިމެއް ހުޅުވައިފި

މުޙައްމަދު ފަޟްލޫން - 18 ފެބްރުއަރީ 2026 - 15:51
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް ތަރައްގީކުރި އައުޓްޑޯ ޖިމް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ހުޅުމާލެ 2 ވަނަ ފިޔަވަހީގައި އިމާރާތްކުރި ޖިމް ހުޅުވައިދެއްވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރުއެވެ.
ހުޅުމާލެ ފޭސް 2 ގެ ޓަރފް ދަނޑު ކައިރީގައި، ހިޔާ ފްލެޓްތަކާ ފައިމަގުން ދެވޭހާ ގާތުގައި ގާއިމްކޮށްފައިވާ މި ޖިމްގައި ކަސްރަތު ކުރުމަށް ބޭނުންކުރާ 22 ބާވަތެއްގެ އާލާތްތައް ވަނީ ހަރުކޮށްފައެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމާއި، ސިއްހީ ގޮތުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ އާބާދީ ހަލުވިކަމާއެކު އިތުރުވަމުންދާތީ، ރައްޔިތުންނަށް ހިތްފަސޭހަ އަދި ފައިދާހުރި މާހައުލެއް ފަހިކޮށްދިނުމަށް އާ މާސްޓަރ ޕްލޭންގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމްތައް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މުހިއްމު ރިޔާސީ ވައުދުފުޅެކެވެ.






.gif&w=3840&q=75)