
މާލޭގެ ބޮޑެތި ހަތަރު މިސްކިތެއް އޭސީކޮށް ނިންމައި ބޭނުންކުރަން ފަށައިފި

މުޙައްމަދު ފަޟްލޫން - 18 ފެބްރުއަރީ 2026 - 15:51
މާލެ ސިޓީގައި 800 އަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ބޮޑެތި މިސްކިތްތައް ރަމަޟާން މަހުގެ ކުރިން އޭސީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރެއްވި މަޝްރޫޢުގެ ދަށުން، ހަތަރު މިސްކިތެއް އޭސީކޮށް ނިންމައި ރެއިން ފެށިގެން ބޭނުންކުރަން ފަށައިފިއެވެ.
މި މަޝްރޫޢުގެ ދަށުން އޭސީ ކުރެވުނު މިސްކިތްތަކަކީ:
މަސްޖިދުލް ފުރުޤާން
މަސްޖިދުލް ޖަލާލުއްދީން
ވިޔަފާރިވެރިންގެ މިސްކިތް
ހުޅުމާލެ މަސްޖިދުލް ޢުމަރު ބިން ޚައްޠާބު
މި ހަތަރު މިސްކިތުގެވެސް ނަމާދުކުރާ މައި ހޯލުގެ އިތުރުން، އަންހެނުން ނަމާދުކުރާ ބައި މިހާރު ވަނީ އޭސީކޮށް ނިންމާފައެވެ.
ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވާ ފަދައިން، މި މަސައްކަތް ނިންމާލާފައިވަނީ ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ނަމާދުކުރާ ފަރާތްތަކަށް ފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށެވެ.






.gif&w=3840&q=75)