logo

އިސްރާއީލުން މިއަދުވެސް ތުއްތު ދެ ކުޑަ ކުއްޖަކު ޝަހީދުކޮށްލައިފި

profile

ރިޟްވާން މޫސާ - 04 ފެބްރުއަރީ 2026 - 08:42

ޔަހޫދީ އިޒްރާއީލުން މިއަދުވެސް ތުއްތު ދެ ކުއްޖަކާއެކު 18 މީހަކު ޝަހީދުކޮށްލައިފި އެވެ.

https://wamco.com.mv/

ޔަހޫދީ އިޒްރާއީލުން ފަލަސްތީނުގެ ގާޒާގެ މުސްލިމުންނަށް ދެމުން އަންނަ ލާ އިންސާނީ އަމަލުތައް މިފަހަކަށް އައިސް މި ވަނީ އިތުރުކުރަން ފަށާފަ އެވެ.

އިޒްރެއިލުން ިއްޔެ ވެސް ވަނީ ހަމާސް ޖަމާއަތަށް އަމާޒުކުރަން ނަމުގައި ގާޒާގެ މުސްލިމުންގެ ފޭލިގެ ތަކަކަށް އަމާޒުކޮށް ހަމަލާދީ ތުއްތު ކުއްޖަކު ޝަހީދު ކޮށްލާފަ އެވެ.

ފަލަސްތީނުގެ ގާޒާއިން ނުކުތުމަށް އޮތް ހަމައެކަނި ދޮރު ރަފަޙް ހުރަސް ނުވަތަ ރަފަޙް ގެ ދޮރުން ނުކުމެ ބޭސް ފަރުވާކުރަން ތިބި 135 މީހުންގެ ތެރެއިން ބޭސްފަރުވާ ކުރަން ހުއްދަ ދީފައި ވަނީވެސް އެންމެ 5 މީހަކަށެވެ.

އިޒްރާއީލުގެ ޔަހޫދީންގެ ސަރަހައްދަށް ނުގޮސް ގާޒާ އިން ހަމަ އެކަނި ނިކުމެވޭން އޮންނަ ދޮރާށި ރަފަޙް ޔަހޫދީން ޝަރުތުތަކަކާއެކު ހުޅުވާލާފައި ވަނީ މި މަހުގެ 1 ވަނަ ދުވަހުގަ އެވެ.

ހަނގުރާމައިގެ ހަމަލާ ތަކުގައި ވެފައިވާ ބޮޑެތި ޒަހަމް ތަކާއި، ބޯފެނާއި ކާތަކެތި ނުލިބި ނިކަމެތި ކަމެއް ކުރިމަތިވެފައިވާ ގާޒާގެ ރައްޔިތުންގެ ތެރެއިން 135 މީހަކު ރަފަހް ބޯޑަރު ހުރަސްކޮށް ބޭސްފަރުވާ އަށްދާން ބޭނުންވެފައިވާ ކަމަށް ބައިނަލް އަގުވާމީ މީޑިޔާ ތަކުން ރިޕޯޓްކޮށްފައިވެ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay