logo

އެސްޓީއޯގެ ފިއުލް ސްކިޑެއް ބ. އޭދަފުށީގައި ޤާއިމްކޮށް ޚިދުމަތް ދޭން ފަށައިފި

profile

މުހައްމަދު މުޝްރިފް - 21 މާރިޗު 2026 - 14:10

ރައްޔިތުންނަށް ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ބ. އޭދަފުށީގައި އެސްޓީއޯގެ ފިއުލް ސްކިޑެއް ޤާއިމްކޮށް ޚިދުމަތް ދޭން ފަށައިފި އެވެ.

https://wamco.com.mv/

މަސްވެރިންގެ އޮތް ކަންބޮޑުވުންތައް ޙައްލުކޮށްދެއްވުމުގެ ގޮތުން އަގުހެޔޮކޮށް ތެޔޮ ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާއިރު، ރާއްޖޭގެ ކޮންމެ އަތޮޅަކުން ހެޔޮ އަގުގައި "އެސްޓީއޯ ރޭޓު" ގައި ތެޔޮ ލިބޭނެ މަގުފަހިކޮށްދިނުމަށް ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށްޓަވާފައެވެ.

އެގޮތުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފިއުލް ސްޓޯރޭޖްތައް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މި މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ފިއުލް ސްކިޑެއް ހުޅުވީ ރ. ދުވާފަރުގައެވެ. އެ ރަށުގައި ފިއުލް ސްޓޯރޭޖް ހުޅުވީ، 2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން ގެންދިޔަ ހަރަކާތްތަކުގެ ތެރެއިންނެވެ. އަދި އޭގެ ފަހުން، ހއ. އިހަވަންދޫ އަދި ހދ. ހަނިމާދޫގައި ޤާއިމްކުރި ފިއުލް ސްކިޑްގެ ހުރިހާ މަސައްކަތެއް ނިމި އެތަންތަން މިހާރު އަންނަނީ ބޭނުން ކުރަމުންނެވެ.

މި މަޝްރޫޢުގެ ދަށުން 18 ފިއުލް ސްޓޯރޭޖް ޤާއިމުކުރުމަށް ހަމަޖެހިފައިވާއިރު، 5 ވަނަ ފިއުލް ސްކިޑް ހެދުމަށް ހަމަޖެހިފައިވާ ށ. މިލަންދޫގައި މިހާރު ޢަމަލީ މަސައްކަތްތައް ވަނީ ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން ފިއުލް ސްކިޑްތައް ޤާއިމްކުރުމަށް ނިންމާފައި ވަނީ ރ. ދުވާފަރު، ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ގދ. ފަރެސްމާތޮޑާ، ށ. މިލަންދޫ، ނ. މަނަދޫ، ބ. ތުޅާދޫ، ވ. ފެލިދޫ، ތ. ހިރިލަންދޫ، އއ. މަތިވެރި، މ. މުލައް، ދ. ކުޑަހުވަދޫ އަދި ލ. ގަމުގައެވެ.

މީގެ އިތުރުން، ޏ. ފުވައްމުލަކުގައި ތެޔޮ އެޅުމުގެ އިންތިޒާމު އިތުރަށް ފުރިހަމަ ކުރުމަށް އިތުރު ބައުޒަރެއް އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk