logo
އޮޅުވެލި މޯލްޑިވްސް އާއި ވޯލްޑޯފް އެސްޓޯރިއާ ވާދަކުރި މެޗުގެ ތެރެއިން..

އޮޅުވެލި މޯލްޑިވްސް އާއި ވޯލްޑޯފް އެސްޓޯރިއާ ވާދަކުރި މެޗުގެ ތެރެއިން..

ސައުތު މާލޭ ލީގު:ސީދާ ތިން ސެޓުން ވޯލްޑޯފް އެސްޓޯރިއާ ބަލިކޮށް ލީގުބުރުގެ އެއްވަނަ އޮޅުވެލި މޯލްޑިވްސްއަށް

profile

ހަސަން ޝަމްއޫން - 08 ޖުލައި 2025 - 21:33

ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ ރިސޯޓް ވޮލީ ލީގުގެ ސައުތު މާލެ ލީގުގައި މިއަދު ހަވީރު ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް އާއި ވޯލްޑޯފް އެސްޓޯރިއާ ވާދަކުރި މެޗު ފަސޭހަކަމާއެކު ސިދާ ތިން ސެޓުން މޮޅުވެ އޮޅުވެލިން ލީގުބުރުގެ އެއްވަނަ ޔަގީންކޮށްފިއެވެ.

https://wamco.com.mv/

މުބާރާތުގައި ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް ކުޅުނު ފުރަތަމަ މެޗުގައި ހޮލިޑޭ އިން ރިޒޯޓް ކަނޑޫމާ މޯލްޑިވްސް އަތުން ސީދާ ތިން ސެޓުން މޮޅުވެފައިވާއިރު، މިއީ ވޯލްޑޯފް އެސްޓޯރިއާ ކުޅުނު ފުރަތަމަ މެޗުގަައި ހޮލިޑޭ އިން ރިޒޯޓް ކަނޑޫމާ މޯލްޑިވްސް އަތުން އެޓީމު މޮޅުވީ ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުންނެވެ.

ސަން ސިޔާމް އޮޅުވެލި މޯލްޑިވްސްގައި މިއަދު ހަވީރު ކުޅުނު މިމެޗުގައި ފުރަތަމަ ސެޓުގައި އޮޅުވެލި މޯލްޑިވްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ ހަ ޕޮއިންޓްގެ ލީޑަކާއެކު 19-25 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓާއި ތިންވަނަ ސެޓުގައި ދެޓީމުގެ ފަރާތުން ވަނީ ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައެވެ.

އެގޮތުން މެޗުގެ ދެވަނަ ސެޓް ތިން ޕޮއިންޓްގެ ލީޑަކާއެކު 22-25 ގެ ނަތީޖާއަކުން އޮޅުވެލި މޯލްޑިވްސް ކާމިޔާބުކުރިރު، ތިންވަނަ ސެޓް އެޓީމުނަ ކާމިޔާބުކުރީ ދެޕޮއިންޓްގެ ލީޑަކާއެކު 23-25 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޮޅުވެލި މޯލްޑިވްސްގެ އަހުމަދު ޖަޒުލާން އެވެ.

މިނަތީޖާއެކު ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ލީގުބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި އޮޅުވެލި މޯލްޑިވްސް ފައިނަލުން ޖާގަ ހޯދިއިރު، މިމެޗުން ބަލިވި ވޯލްޑޯފް އެސްޓޯރިއާ ކުޅުނު ދެމެޗުން ހޯދި ދެޕޮއިންޓާއެކު ލީގުބުރުގެ ދެވަނަ ޓީމުގެ ގޮތުގައި އެޓީމަށް ވެސް ވަނީ ފައިނަލުން ޖާގަލިބިފައެވެ އަދި މިދެޓީމުގެ މެދުގައި ކުޅޭ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ހަވީރު އެވެ.

މިމުބާރާތުގައި މިއަހަރު ތިން ޓީމަކުން ބައިވެރިވިއިރު މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗުކުޅެ އެންމެ ރަނގަޅު ނަތީޖައެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.

https://etukuri.mv/
https://www.aslu.com.mv