logo
ގައުމީ ހޭންބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން...

ގައުމީ ހޭންބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން...

ގައްދޫ ޑަބްލިޔުޑީސީ ހޭންޑްބޯޅަ މުބާރާތް މިމަހު 26 ގައި

profile

ހަސަން ޝަމްއޫން - 19 ޖޫން 2025 - 11:09

ގައްދޫ ޑަބްލިޔުޑީސީގެ ފަރާތުން އިންތިޒާމުކޮށް އެރަށުގައި ބާއްވާ އަންހެން ހޭންޑްބޯޅަ މުބާރާތް މިމަހު 26 ގައި ފެށުމަށް ތައްޔާތުވެއްޖެއެވެ.

https://wamco.com.mv/

ގައްދޫ ޑަބްލިޔުޑީސީގެ ރައިސާ ޒަހުވާ އަސްލު ސްޕޯޓްސްއަށް މައުލޫމާތު ދެއްވިގޮތުގައި ރާއްޖެއަށް ހޭންބޯޅަ ތައާރަފްވެގެން އައި ދުވަސްކޮޅު މިކުޅިވަރަކީ ގައްދޫގެ ޒުވާނުންގެ މެދުގައި ވަރަށް ފޯރިއާއެކު ކުޅުނު ކުރިވަރެއް ނަމަވެސް އެކަށީގެންވާ ފުރުސަތުތަކެއް ނުލިބޭތީވެ، މިހާރު މިރަށުގައި ހޭންޑްބޯޅައިގެ ފޯރި ވަރަށް ދައްވެފައިވާކަމަށެވެ.

" އަޅުގަނޑުމެން ބޭނުންވަނީ ހޭންޑްބޯޅައިގެ ކުރީގައި އޮތް ފޯރި އަނބުރާގެންނަން... އެންމެ ފަހުން 2019 ހިސާބުގައި މިރަށުގައި ހޭންޑްބޯޅަ މުބާރާތެއް ބޭއްވި ހަނދާންވަނީ".. ނަމަވެސް މި މުބާރާތުގެ ސަބަބުން ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް ފެނިގެންދާނެކަމަށް އުންމީދުކުރަނީ...

މިއަހަރުގެ މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމު ފައިނަލަށް ހޮވޭގޮތަށެވެ. އަދި ލީގު ބުރުގެ ދެވަނަ އާއި ތިންވަނަ ޓީމުގެ މެދުގައި ޕްލޭ އޮފް މެޗެއް ކުޅެ ކުރިހޯދާ ޓީމަކަށް ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނެއެވެ.

މީގެ އިތުރުން މުބާރާތުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ބާރު އެޅުމުގެ ގޮތުން ކޮންމެ ޓީމެއްގައި ވެސް 18 އަހަރުން ދަށުގެ އެއްކުޅުންތެރިޔަކު ހިމެނުމަށް މުބާރާތުގެ ގަވާއިދުގައި ވަނީ ހިމަނާފައެވެ.

ޗެންޕިއަން ޓީމަށް 7،000 އަދި ރަނަރަޕް ޓީމަށް 5،000 ރުފިޔާގެ އިތުރުން މުބާރާތުގެ ފެއާޕްލޭ ޓީމަށް 3،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ މިމުބާރާތުގެ މީޑިޔާ ޕާޓްނަރަކީ އަސްލު ސްޕޯޓްސް އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay