
ޓްރެއިން ބޭންޑާއި ގަސްދޮށު ޓީމު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގައްދޫ ޑަބްލިޔުޑީސީ
ނައުޝީންގެ މޮޅު ކުޅުމާއެކު ޓްރެއިން ބޭންޑް ބަލިކޮށް ގަސްދޮށު ފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން - 29 ޖޫން 2025 - 18:36
ގައްދޫގައި މިހާރު ކުރިއަށްދާ ޑަބްލިޔުޑީސީ ހޭންޑްބޯޅަ ޓޯނަމެންޓް 2025 ގައި މިރޭ ކުޅުނު ޕްލޭއޮފް މެޗުގައި ޓްރެއިން ބޭންޑާއި ގަސްދޮށު ވާދަކުރި މެޗު 8-0 ގެ ނަތީޖާއަކުން މޮޅުވެ ގަސްދޮށުން ފައިނަލްގެ ދެވަނަ ޖާގަ ހޯދައިފިއެވެ.
ގަސްދޮށު ޓީމު މުބާރަތުގެ ޕްލޭއޮފުން ޖާގަ ހޯދީ ލީގު ބުރުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ލީގުބުރުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވިއިރު, އަނެއް މެޗުން ވަނީ ބަލިވެފައެވެ. އަދި ޓްރެއިން ބޭންޑް ޕްލޭއޮފް އިން ޖާގަ ހޯދީ ލީގު ބުރުގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ލީގުބުރުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއްމެޗުން މޮޅުވިއިރު, އަނެއް ދެ މެޗުން ވަނީ ބަލިވެފައެވެ. އަދި މިދެޓީމު ލީގުބުރުގައި ވާދަކުރި މެޗު 9-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ގަސްދޮށުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ގަސްދޮށުން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 6-0 ގެ ނަތީޖާއަކުން ގަސްދޮށު ޓީމު ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ޓްރެއިން ބޭންޑުން އެޓީމުގެ ކުޅުން ރަނގަޅުކުރި ނަމަވެސް މިހާފުގައި ގަސްދޮށުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ގަސްދޮށު ޓީމުގެ އާމިނަތު ނައުޝީން ނައުޝާދު ފަސް ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އާމިނަތު ދުމްޔާ ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަނެއް ލަނޑު އައިޝަތު ޝިޒްނީ ކާމިޔާބުކޮށްދިންއިރު، މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގަސްދޮށު ޓީމުގެ އާމިނަތު ނައުޝީން ނައުޝާދު އެވެ.
މުބާރާތުގެ ފައިނަލުގައި މާދަމާ ރޭ ގަސްދޮށުން ނުކުންނާނީ ލީގުބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލުން ޖާގަހޯދި ޒީރޯ ގްރެވިޓީ އާއި ދެކޮޅަށެވެ. އަދި މިދެޓީމު ލީގު ބުރުގައި ވާދަކުރި މެޗު 13-04 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޒީރޯ ގްރެވިޓީ އިންނެވެ.
26 ޖޫން 2025 އިން 1 ޖުލައި 2025 ގެ ނަޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ހަތަރު ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމު ފައިނަލަށް ހޮވޭގޮތަށެވެ. އަދި ލީގު ބުރުގެ ދެވަނަ އާއި ތިންވަނަ ޓީމުގެ މެދުގައި ޕްލޭ އޮފް މެޗެއް ކުޅެ ކުރިހޯދާ ޓީމަކަށް ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނެއެވެ.
މީގެ އިތުރުން މުބާރާތުގެ ޗެންޕިއަން ޓީމަށް 7،000 އަދި ރަނަރަޕް ޓީމަށް 5،000 ރުފިޔާގެ އިތުރުން މުބާރާތުގެ ފެއާޕްލޭ ޓީމަށް 3،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ މިމުބާރާތުގެ އޮފިޝަލް މީޑިޔާ ޕާޓްނަރަކީ އަސްލު ސްޕޯޓްސް އެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއޭގެ ގައުމީ ހައިސިިއްޔަތު ވަގުތީ ގޮތުން ނަގައިފި
2 މަސް ކުރިން

ގައްދޫ ޑަބްލިޔުޑީސީ ހޭންޑްބޯޅަ މުބާރާތް މިމަހު 26 ގައި
13 ދުވަސް ކުރިން
ގައްދޫ ޑަބްލިޔުޑީސީ ހޭންޑްބޯޅަ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް އަސްލު ސްޕޯޓްސް
10 ދުވަސް ކުރިން

ފަސޭހަކަމާއެކު ގަސްދޮށު ޓީމް ބަލިކޮށް ޒީރޯ ގްރެވިޓީ އިން މުބާރާތް ފެށީ އިތުބާރާއެކު
6 ދުވަސް ކުރިން