logo
ޒީރޯ ގްރެވިޓީ އާއި ގަސްދޮށު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގައްދޫ ޑަބްލިޔުޑީސީ

ޒީރޯ ގްރެވިޓީ އާއި ގަސްދޮށު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގައްދޫ ޑަބްލިޔުޑީސީ

ފަސޭހަކަމާއެކު ގަސްދޮށު ޓީމް ބަލިކޮށް ޒީރޯ ގްރެވިޓީ އިން މުބާރާތް ފެށީ އިތުބާރާއެކު

profile

ހަސަން ޝަމްއޫން - 26 ޖޫން 2025 - 20:28

ގައްދޫގައި މިހާރު ކުރިއަށްދާ ޑަބްލިޔުޑީސީ ހޭންޑްބޯޅަ ޓޯނަމެންޓް 2025 ގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ފަސޭހަކަމާއެކު 4-13 ގެ ނަތީޖާއަކުން ގަސްދޮށު ޓީމު ބަލިކޮށް ޒީރޯ ގްރެވިޓީ އިން މުބާރާތް ފެށީ އިތުބާރާއެކުގައެވެ.

https://wamco.com.mv/

މުޅި މެޗުގައި ވެސް މޮޅަށްކުޅެ ޒީރޯ ގްރެވިޓީން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ހަތަރު ލަނޑުގެ ލީޑަކާއެކު 5-1 ގެ ނަތީޖާއަކުން ޒީރޯ ގްރެވިޓީ ކުރީގައި އޮވެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޒީރޯ ގްރެވިޓީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން އިތުރު އަށް ލަނޑު ކާމިޔާބުކުރިއިރު މިހާފުގައި ގަސްދޮށު ޓީމަށް ކާމިޔާބުކުރެވުނީ ތިން ލަނޑެވެ.

އެގޮތުން މިމެޗުގައި ޒީރޯ ގްރެވިޓީގެ ފާތުމަތު އަތޫފާ އަހުމަދު އަދި ފާތިމަތު ޒާރާ ރިއްފަތު މިއިން ކޮންމެ ކުޅުންތެރިޔަކު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އެޓީމު މަރިޔަމް ރާޔާ ރިއްފަތު ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އަދ އެޓީމުގެ އަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ އާމިނަތު ލިއުފާ އަދި ޝަޒުމާ އިބްރާހިމް އެވެ.

މީގެ އިތުރުން މިމެޗުގައި ގަސްދޮށު ޓީމުގެ އާމިނަތު ނައުޝީން ނައުޝާދު، ފާތުމަތު އަނާ، އާމިނަތު ދުމްޔާ ހަސަން އަދި އައިޝަތު ޝިޒުނީ މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޒީރޯ ގްރެވިޓީގެ މަރިޔަމް ރާޔާ ރިއްފަތު އެވެ.

26 ޖޫން 2025 އިން 1 ޖުލައި 2025 ގެ ނަޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ހަތަރު ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމު ފައިނަލަށް ހޮވޭގޮތަށެވެ. އަދި ލީގު ބުރުގެ ދެވަނަ އާއި ތިންވަނަ ޓީމުގެ މެދުގައި ޕްލޭ އޮފް މެޗެއް ކުޅެ ކުރިހޯދާ ޓީމަކަށް ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނެއެވެ.

މީގެ އިތުރުން މުބާރާތުގެ ޗެންޕިއަން ޓީމަށް 7،000 އަދި ރަނަރަޕް ޓީމަށް 5،000 ރުފިޔާގެ އިތުރުން މުބާރާތުގެ ފެއާޕްލޭ ޓީމަށް 3،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ މިމުބާރާތުގެ އޮފިޝަލް މީޑިޔާ ޕާޓްނަރަކީ އަސްލު ސްޕޯޓްސް އެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay