ގައްދޫ ޑަބްލިޔުޑީސީ ހޭންޑްބޯޅަ މުބާރާތް2025
ގައްދޫ ޑަބްލިޔުޑީސީ ހޭންޑްބޯޅަ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް އަސްލު ސްޕޯޓްސް

ހަސަން ޝަމްއޫން - 23 ޖޫން 2025 - 00:35
ގައްދޫ ޑަބްލިޔުޑީސީގެ ފަރާތުން އިންތިޒާމުކޮށް އެރަށުގައި ބާއްވާ އަންހެން ހޭންޑްބޯޅަ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް އަސްލު ސްޕޯޓްސް ހަމަޖައްސައިފި އެވެ.
މިމަހު 26 ގައި ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމު ފައިނަލަށް ހޮވޭގޮތަށެވެ. އަދި ލީގު ބުރުގެ ދެވަނަ އާއި ތިންވަނަ ޓީމުގެ މެދުގައި ޕްލޭ އޮފް މެޗެއް ކުޅެ ކުރިހޯދާ ޓީމަކަށް ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނެއެވެ.
މީގެ އިތުރުން މުބާރާތުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ބާރު އެޅުމުގެ ގޮތުން ކޮންމެ ޓީމެއްގައި ވެސް 18 އަހަރުން ދަށުގެ އެއްކުޅުންތެރިޔަކު ހިމެނުމަށް މުބާރާތުގެ ގަވާއިދުގައި ވަނީ ހިމަނާފައެވެ.
ޗެންޕިއަން ޓީމަށް 7،000 އަދި ރަނަރަޕް ޓީމަށް 5،000 ރުފިޔާގެ އިތުރުން މުބާރާތުގެ ފެއާޕްލޭ ޓީމަށް 3،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ މިމުބާރާތުގެ މީޑިޔާ ޕާޓްނަރަކީ އަސްލު ސްޕޯޓްސް އެވެ.
ގުޅުން ހުރި ޙަބަރުތައް

އެންމެ ފަހުގެ ޗެންޕިއަން ވެމްކޯ ބަލިކޮށް، ޤައުމީ ވޮލީބޯޅަ ލީގު ޕޮލިސް ކުލަބުން ކާމިޔާބުކޮށްފި
2 މަސް ކުރިން

44 ޓީމާއެކު 12 އަހަރުންދަށުގެ މައިލޯ އެކަޑަމީ ޗެންޕިއަންޝިޕް 2025 ފެށިގެން ކުރިއަށްދަނީ
2 މަސް ކުރިން

ގައުމީ ދިގުފެތުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
2 މަސް ކުރިން
12 އަހަރުންދަށުގެ މައިލޯ އެކަޑަމީ ޗެންޕިއަންޝިޕް މާޒިޔާ އިން ކާމިޔާބުކޮށްފި
2 މަސް ކުރިން