logo

ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑަރަކަށް ޓޫއޮފް އަސް ހަމަޖައްސައިފި

profile

މުޙައްމަދު ފަޟްލޫން - 07 ޖުލައި 2025 - 07:56

ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑަރަކަށް ޓޫއޮފް އަސް ހަމަޖައްސައިފިއެވެ.

https://wamco.com.mv/

ދިވެހި ފަންނާނުންނާއި އުފެއްދުންތެރިކަން ޝާމިލްކޮށް ބާރުވެރިކުރުވުމަށް ކުރިއަށް ގެންދާ ވިޒިޓް މޯލްޑިވްސްގެ ލޯކަލް އެމްބެސެޑަރޝިޕް ޕްރޮގްރާމް ތައާރަގްކުރުމަކީ ލިބޭ އުފަލެއް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ވިޒިޓް މޯލްޑިވްސްގެ ލޯކަލް އެމްބެސެޑަރުންގެ ގޮތުގައި ޓޫއޮފް އަސް ހަމަޖައްސާފައިވާކަން އެމްއެމްޕީއާރުސީ އިން ވަނީ އިއުލާންކޮށްފައެވެ.

ޓޫ އޮފް އަސް މަޝްހޫރުވެގެންދިޔައީ މިއަހަރު އިންޑިއާގައި ބޭއްވި ބެޓްލް އޮފް ބޭންޑްސް އިންޓަރނޭޝަން އިންނެވެ. ޓޫއޮފް އަސް އިން ވަނީ އިންޑިއާގެ ބެޓްލް އޮފް ބޭންޑްސްގައި ބައިވެރިވެ މުބާރާތުގެ ތިން ވަނަ ހޯދާފައެވެ.

ޓޫއޮފް އަސް އަށް ބްރިޓަންސް ގޮޓް ޓެލެންޓްގެ 19 ވަނަ ސީޒަންގެ އޮޑިޝަންގައި ބައިވެރިވުމުގެ ދައުވަތުވަނީ ލިބިފައެވެ. ބްރިޓިއަންސް ގޮޓް ޓެލެންޓްގެ އޮޑިޝަން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ،

ވިޒިޓް މޯލްޑިވްސް އިން ދިވެހި ރާއްޖެ އިޝްތިހާރުކޮށް ޕްރޮމޯޓް ކުރުމަށް ކުރާ މަސައްކަތުގެ ދަށޫން ދިވެހި އެމްބެސެޑަރަކު ހޯދުމަށް މީގެ ކުރިން ވަނީ އިއުލާންކޮށްފައެވެ. ކުރިއަށް އޮތްތަނުގައި އެމްއެމްޕީއާރުސީގެ ފަރާތުން ރާއްޖެއިން ބޭރުގައި ބާއްވާ ފެއަރ ތަކާއި ރޯޑް ޝޯތަކާއި އިވެންޓްތަކުގައި ޓޫއޮފް އަސް ޕާފޯމް ކުރާނެ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk