
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް
މާލޭގައި ޕާކިންގ ބިލްޑިންގ ތައް އެޅުމަށް އިންޑިއާ އާއި ވަނީ ހަވާލްކޮށްފައި: ރައީސް

މުޙައްމަދު ފަޟްލޫން - 08 ޑިސެމްބަރު 2025 - 10:26
މާލޭގައި ޕާކިންގ ބިލްޑިންގ ތައް އެޅުމަށް އިންޑިއާ އާއި ހަވާލްކޮށްފައިވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލެ ހެންވޭރުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ސަރުކާރުން ވަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ޕާކިންގ ބިލްޑިންގތައް އެޅުމަށް ނިންމާފައިކަމަށެވެ.
މާލޭގެ ހަތަރު ސަރަހައްދެއްގައި ޕާކިންގ ބިލްޑިންގތައް އެޅުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތައް އިންޑިއާ ސަރުކާރަށް ފޮނުވައިގެން އެކަމުގެ މަރުހަލާތައް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން މާލޭގައި 4 ޕާކިންގ ބިލްޑިންގ އެޅިގެން ދިއުމާއެކު ޕާކިންގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަަމަށެވެ.
މާލެއަށް ހާއްސަ ކޮށް ޕާކް ކުރާނެ 2 ބިލްޑިންގ އަދި 1 ބިލްޑިން ބްރިޖުން ފައިބާ ދިމާލުން ވިލިމާލޭގައި އަދި ހުޅުމާލޭގެ ރަނގަޅު ލޮކޭޝަނެއްގައި 1 ބިލްޑިންގ އެޅިގެންދާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.
މަގުމަތީގައި ޕާކް ކުރުމުގެ މައްސަލަ ހައްލުކުރަން ސިޓީ ކައުންސިލާއި ސަރުކާރާއި ގުޅިގެން މަޝްވަރާ ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
މާލޭގެ ޕާކިންގ އަށް ދިމާވާ މައްސަލަތައް ހައްލު ކުރެވޭނީ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށް ރައީސް ވިދާޅުވިއެވެ.
މާލޭގެ މަގުތަކާއި ގޯޅިތައް ތަރައްގީ ކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާއި ހަވާލްކޮށްގެން ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ޓްރެފިކް ޖޫރިމަނާގެ މައްސަލައަކީ ވަކި އުސޫލެއްގެ ދަށުން ގެޒެޓް ކުރެވިގެން ކުރިއަށް ގެންދާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޓްރެފިކް ޖޫރިމަނާއަކީ އެ ދައްކަންޖެހޭ މީހަކަށް ދެއްކެން އޮތް މިންވަރަކަށް ބަލައި އެގްރިމެންޓް ހެދޭ އުސޫލެއް އޮތް ކަމެއް ކަަމަށް ރައީސް ވިދާޅުވިއެވެ.
ހާހެއްހާ މީހުން ޓްރެފިކް ޖޫރިމަނާ ދައްކަން އެގްރިމެންޓް ހަދާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ޓްރެފިކް ޖޫރިމަނާ ބަހާލައިގެން ދެއްކޭނެ އުސޫލެއް ހަމަޖެހިގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ކޮރަޕްޝަނާއި ފަސާދައިގެ ނުރައްކަލާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރާނެ: ރައީސް
4 ގަޑިއިރު ކުރިން

790 މިލިއަން ޑޮލަރުގެ ޓައުންޝިޕް ޕްރޮޖެކްޓަށް ސަރުކާރުން ހުއްދަ ދީފި
5 ގަޑިއިރު ކުރިން

ހައި ކޯޓުގެ ފަނޑިޔާރުކަމުން ނިޔާޒު ރިޓަޔާކުރައްވައިފި
5 ގަޑިއިރު ކުރިން

ފާމަސޫޓިކަލް ކުންފުނީގެ ޗެއަރޕަރސަންގެ މަޤާމަށް ރައްޒާގު
7 ގަޑިއިރު ކުރިން


